އަވައްޓެރި އިންޑިޔާއިން އޮޅިގެން އެގައުމުގެ ރައްޔިތުންނާ ދިމާލަށް ހަމަލާއެއް ދިނުމަށް އަމާޒުކުރެވިއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ހަމަލާ އަކީ ޕާކިސްތާނަށް އަމާޒުކޮށް އިންޑިޔާއިން ދޭން އުޅުނު ހަމަލާއެކެވެ. އެގޮތުން މި ހަމަލާގައި އިންޑިޔާއިން ވަނީ ހަ ބެލަސްޓިކް މިސައިލު، އޮޅިގެން އަމިއްލަ ރައްޔިތުންނަށް އަމާޒު ކޮށްފައެވެ. އިންޑިޔާ އަސްކަރިއްޔާއިން މިހާތަނަށް މިކަމާ ގުޅިގެން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ އިންޑިޔާއިން ބެލަސްޓިކް ހަ މިސައިލު ފޮނުވާލީ އުދަމްޕޫރުން ކަމަށާއި މީގެ ތެރެއިން އެއް މިސައިލު އުދަމްޕޫރަށް އަމާޒުވިއިރު، އަނެއް ފަސް މިސައިލު އަމާޒުވީ އަމްރިޓްސާއަށެވެ. މިއީ ސިކު އާބާދީތައް ވަރަށް ގިނަ ސަރަހައްދުތަކެވެ.

ޕާކިސްތާނު އަސްކަރިއްޔާއިން ބުނީ ޕާކިސްތާނުގެ ތިން އެއަރބޭސްއަކަށް މިސައިލުން އިންޑިޔާއިން ހަމަލާދިން ކަމަށާއި އެކަމަކު އެއްވެސް ފައިޓަ ޖެޓަކަށް ގެއްލުން ލިބިފައި ނުވާ ކަމަށެވެ.

ޕާކިސްތާނާއި އިންޑިޔާގެ މަސްރަޚު ވަރަށް ބޮޑަށް ހޫނުވެ، ދެ ގައުމުން ވައިގެ މަގުން ހަމަލާތައް ދިނުން ވަރަށް ބޮޑަށް ވަނީ އިތުރު ކޮށްފައެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުން ގެންދަނީ ވިސްނުންތެރިކަމާއެކު ދެކޮޅުވެރިކަން ނިމުމަކަށް ގެނައުމަށް އިންޑިޔާ އާއި ޕާކިސްތާނަށް އިލްތިމާސް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން