އިންޑިޔާގެ އަގުބޮޑު 77 ޑްރޯން ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފިއެވެެ.
ޕާކިސްތާނުން ބުނީ މި ހުރިހާ ޑްރޯންތަކެއް ވައްޓާލީ އެންމެ ދެ ދުވަސް ތެރޭ ކަމަށެވެ. އިއްޔެއިން ފެށިގެން އިންޑިއާއިން ދަނީ އިސްރާއީލުން އުފައްދާ ހެރޮޕް ޑްރޯންތައް ޕާކިސްތާނަށް ފޮނުވައި ހަމަލާދޭން މަސައްކަތް ކުރަމުންނެވެ.
ޕާކިސްތާނުގެ ދައުލަތުގެ ޓީވީ، ޕީޓީވީ އިން ބުނީ މެއި މަހުގެ އަށް ވަނަ ދުވަހު ޕާކިސްތާނުން އިންޑިއާގެ 29 ޑްރޯން ވައްޓާލާފައިވާއިރު ރޭ އެކަނިވެސް 48 ޑްރޯން ވައްޓާލާފައިވާ ކަމަށެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހު ފަތުރުވެރިންނަށް ދިން މަރުގެ ހަމަލާ ނިއުދިއްލީން ތުހުމަތުކުރީ އިސްލާމްއާބާދަށެވެ. އިންޑިއާއިން ބުނެފައި ވަނީ އެގައުމުގެ އަސްކަރިއްޔާއިން ހަމަލާދީފައިވަނީ "ޕާކިސްތާނާއި ޕާކިސްތާނުން ހިފާފައިވާ ޖަމްމޫ އަދި ކަޝްމީރަށް ނިރުބަވެރި ހަމަލާތައް ރޭވި ތަނަށް" ކަމަށެވެ.
އިންޑިއާ އާއި ޕާކިސްތާނުން ކޮންމެ ގައުމަކުން ވެސް ކަޝްމީރުގެ ބައެއް ސަރަހައްދުތައް ކޮންޓްރޯލް ކުރެއެވެ. އެ ސަރަހައްދުގައި މީގެ ކުރިން ތިން ހަނގުރާމައެއް ކޮށްފައިވެއެވެ. ކަޝްމީރަކީ މުޅި ދުނިޔޭގައި ވެސް އެންމެ އަސްކަރީ ގޮތުން ހަރަކާތްތެރިވާ އެއް ތަނެވެ.
އިންޑިއާއިން ބުދަ ދުވަހު ދިން ހަމަލާތަކަކީ 2019 ވަނަ އަހަރު އިންޑިއާގެ ޖެޓްތަކުން ޕާކިސްތާނުގެ އެތެރޭގެ ބައެއް އަމާޒުތަކަށް ވައިގެ ހަމަލާތައް ދިން ފަހުން ދިން އެންމެ ވަދުގަދަ އަސްކަރީ ހަމަލާއެވެ.

ކިޔުންތެރިންގެ ހިޔާލު