އޮޔާދިޔަ 1ސްރީލަންކާގެ މަސްބޯޓަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ބޯޓަށް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އައްޑޫ ސިޓީގެ ހުޅަނގުން އޮޔާދަނިކޮށެވެ.
އެމްއެންޑީއެފުން ބުނީ، ސްރީލަންކާގެ މަސްބޯޓު "ސަންޑާލީ ވެލެންޓިނާ" އޮޔާދާކަމުގެ މައަލޫމާތު، ސްރީލްންކާގެ ކަމާބެހޭ އިދާރާތަކުން އެމްއެންޑީއެފް ކޯސްޓްގާޑަށް ދިނުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑުން ދިޔައީ އެ ބޯޓު މޮނީޓާކުރަމުން ކަމަށެވެ.
އެގޮތުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓުގާޑުގެ ފާސްޓް އިންޓާސެޕްޓާ ކްރާފްޓް "ދޮށިމޭނާ"ގައި ސިފައިން ވަނީ އެ ބޯޓު އޮޔާދިޔަ ސަރަހައްދަށް ދަތުރުކޮށްފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެގޮތުން، މިއަދު ހެނދުނު 08:05 ހާއިރު، އައްޑޫ ސިޓީގެ ހުޅަނގުން، 15 ނޯޓިކަލް މޭލު ބޭރުން އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ، އެ ބޯޓުގައި ހަ ފަޅުވެރިން ތިބި އިރު، އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު