ޖުވެނައިލް ޖަސްޓިސް ކޮންފަރެންސްގައި މެޑަމް ސާޖިދާ، ފޮޓޯ: ޕީޖީ އޮފީސް
ޖުވެނައިލް ޖަސްޓިސް ކޮންފަރެންސްގައި މެޑަމް ސާޖިދާ، ފޮޓޯ: ޕީޖީ އޮފީސް
ކުޑަކުދިން ކުށުގެ ވެއްޓަށް ހުށަހެޅި، ކުށްތަކަށް އަރައިގަތުމުގެ ކުރިން އެކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެށި "ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025" ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ވިދާޅުވީ ކުށުގެ ވެއްޓަށް ހުށައެޅޭ ކުދިން، ކުށަށް އަރައިގަތުމުގެ ފަހަތުގައި އެކުދިން އުޅެންޖެހޭ މާޙައުލު ބޮޑު ދައުރެއް އަދާކުރާކަމަށެވެ.

އަދި މުޖުތަމައުގައި ވަކިގޮތަކަށް ކުދިން ލޭބަލްކޮށް، އެކުދިންނަކީ ކުށްވެރިންކަމުގެ އިޙްސާސްކޮށްދިނުމުން، ބޮޑެތި ކުށްތަކަށް އަރައިގަތުމުގެ ކުރިން ކުދިންގެ ފަރާތުން ނޭދެވޭ އާދަތަކެއް ފެންނަ ކަމަށް އެކަމަނާ ވިދާޅުވިއެވެ. މި އާދަތަކަކީ އެކުދިންނަށް ބުނެ ނުދެވުނުނަމަވެސް އެކަމުން ސަލާމަތްވުމަށް އެދި ކުރާ އާދޭހެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ މުޖުތަމައުގެ ގަބޫލުކުރުންތަކުގެ ސަބަބުން އެކުދިންނަކީ ހަރުކަށި އަނިޔާވެރި ބަޔަކަށްވުމުގެ ކުރިން އެކުދިންނަށް އެހީތެރި ވާން ޖެހޭ ކަމަށެވެ.

"އެހެންކަމުން ޤާނޫނާއި ގަވާއިދުތަކާއި ޚިލާފު ބޮޑެތި ކުށްތައް ކޮށްގެން އެކުދިންނާއި ކޯޓު ރޫމްތަކުން ބައްދަލުވުމުގެ ކުރިން، އެކުދިންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދޭ ބަޔަކަށްވުމަށް މިއަދު އަވަސްވެގަންނަން ޖެހޭ" މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މީގެ އިތުރުން އެކަމަނާ ވިދާޅުވީ ކުރެވޭ ކުށްތަކަށް އަދަބު ދިނުމަށް އަވަސްވެގަތުމުގެ ކުރިން އެކުދިން ކުށަށް އަރައިގަންނަ ސަނަބުތައް ހައްލު ކޮށްދޭން ޖެހޭ ކަމަށެވެ.

އަދި މިހާރު ކުރިއަށްދާ ޖުވެނައިލް ޖަސްޓިސް ކޮންފަރެންސްގެ ތެރެއިން މިކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމަށް މެޑަމް ވަނީ ކަމާ ގުޅުންހުރި ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން