މާރިޗު މަހާއި އެއްގޮތަށް އެޕްރީލް މަހުގެ ކަރަންޓު ބިލުތަކަށް ވެސް ޑިސްކައުންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ މިއަހަރުގެ މާރިޗު މަހުގެ (ރަމަޟާން މަހުގެ) ކަރަންޓުބިލަށް ޑިސްކައުންޓު ދީފައިވާ ފަދައިން އެޕްރީލް މަހުގެ ކަރަންޓުބިލަށްވެސް ޑިސްކައުންޓު ދީފައިވާ ކަމަށެވެ.

މާރިޗު މަހުގެ ދުވަސްތައް ނިމުމަށްފަހު، އޭޕްރީލްމަހުގެ ބިލްތަކުންވެސް މިއަހަރު ޑިސްކައުންޓެއް ދެވިފައިވަނީ، އޭޕްރީލް މަސް ހޫނު ގަދަވުމުގެ ސަބަބުން ޢާއްމުކޮށް ކަރަންޓުބިލުތައް ވަރަށް ބޮޑުވާ މަހަކަށްވާތީ، ރައްޔިތުންނަށް އިތުރު ލުޔެއް އޭޕްރީލް މަހުވެސް ދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނީ އޭޕްރީލްމަހުގެ ކަރަންޓުބިލު ކަސްޓަމަރުންނަށް ފޯރުކޮށްދިންއިރު، އެ ބިލުގައިވާ "ކަރަންޓު ބޭނުންކުރެވުނު ވަރު" އޭގެ ކުރީ މަހާ ތަފާތު ކަމަށެވެ. އަދި ބައެއް ބިލްތަކުގައި ފައިސާގެ އަދަދު މާރިޗު މަހުގެ ބިލާއި ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ އެ ކުންފުނިން ލުއި ދިނުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.

މާރިޗް މަހާއި އޭޕްރިލް މަހުގެ ކަރަންޓު ބިލަށް އެއްވަރަކަށް ފައިސާ ދައްކަން ޖެހުމުން، ބައެއް ފަރާތްތަކުން ވަނީ ދެ ބިލަށް ވީގޮތާ ގުޅޭ ގޮތުން ސުވާލު އުފައްދާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން