ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް އެންމެ މުހިންމު އެއް ކަމަކީ ހަށިގަނޑުގެ ލޭގެ ޕްރެޝަރު ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓުމެވެ. ލޭގެ ޕްރެޝަރު މަތިވުމުގެ ސަބަބުން ގިނަ ތަކުލީފުތަކާ ކުރިމަތިލާން ޖެހެއެވެ. މިކަން މެދުވެރިވަނީ ގިނަ ފަހަރު ކެއުމުގެ އާދަތަކާއި، ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތާއި، މީހާގެ ޖެނެޓިކްސްގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން ހިތުގެ ބަލިތަކާއި، ފުއްޕާމޭގެ މައްސަލަތަކާއި، ސްޓްރޯކް ފަދަ ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން، ލޭގެ ޕްރެޝަރު ދަށްކުރުމަށް މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ތިރީގައި މި ހިމަނާލަނީ ލޭގެ ޕްރެޝަރު ދަށަކުރުމަށް ބޯންވީ ބުއިންތަކެވެ.
ބީޓްރޫޓް ޖޫސް
ބީޓްރޫޓުގައި އެކުލެވޭ ނައިޓްރޭޓްސްގެ ސަބަބުން ލޭ ހޮޅިތައް ފުޅާވެ، ލޭގެ ދައުރުވުން އިތުރުވެއެވެ. މީގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްވެއެވެ. ދުވާލަކު އެއް ފަހަރު 250 މިލީލީޓަރުގެ ބީޓްރޫޓް ޖޫހެއް ބުއިމުން ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭނެއެވެ. ނަމަވެސް، ބީޓްރޫޓް ޖޫހުގައި ހަކުރުގެ މިންވަރު މަތިވާތީ، ހަކުރުބަލި ހުންނަ ނަމަ މި ބޭނުން ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ.
ސައިމަލު ސައި
ސައިމަލުގައި އެކުލެވޭ އެންތޮސައިނިންސްގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްވެއެވެ. އަދި މި ބުއިމުގައި އެކުލެވޭ ޕޮޓޭސިއަމްގެ ސަބަބުން ހަށިގަނޑުން އިތުރު ލޮނު ބޭރުވެ، ލޭގެ ޕްރެޝަރު ދަށްވެއެވެ. ދުވާލަކު 2-3 ފަހަރު މި ސައި ބުއިމުން ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭނެއެވެ.
އަންނާރު ޖޫސް
އަންނާރުގައި އެކުލެވޭ ޕޮލިފެނޯލްސްގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްވެއެވެ. އަދި މި ބުއިމުގައި އެކުލެވޭ ޕޮޓޭސިއަމްގެ ސަބަބުން ހަށިގަނޑުން އިތުރު ލޮނު ބޭރުވެ، ލޭގެ ޕްރެޝަރު ދަށްވެއެވެ. ދުވާލަކު އެއް ފަހަރު 150 މިލީލީޓަރުގެ އަނާރު ޖޫހެއް ބުއިމުން ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު