ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ނިރުބަވެރި އިސްރާއީލުގައި އަނެއްކާވެސް މުޒާހަރާ ކުރަން ފަށައިފިއެވެ.
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން މި މުޒާހަރާތައް ކުރަމުން ދަނީ އިސްރާއީލުގެ ވެރިރަށް ތެލްއަވީވްގައެވެ. އެގޮތުން ތެލްއަވީވްގެ މެދުތެރޭގައި އެތައް ހާސް އިސްރާއީލު ރައްޔިތުން އެއްވެ، ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމާލައި، ވަށާލެވިފައިވާ ފަލަސްތީނުގެ ސަރަހައްދުގައި ބަންދުކޮށްފައިވާ އިސްރާއީލުގެ އަސީރުން ވަގުތުން މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލި އެވެ.
އިސްރާއީލުގެ ނޫސް ހާރެޓްޒް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މުޒާހަރާތައް ކުރުމުގައި އިސްކޮށް އުޅެނީ އިސްރާއީލުގެ ކެމްޕޭން ގްރޫޕެއް ކަމަށްވާ ހޮސްޓޭޖްސް އެންޑް މިސިންގ ފެމިލީސް ފޯރަމް ގުރޫޕުންނެވެ. "ހޮސްޓޭޖްސް ސްކުއަރ" ގައި ބައެއް ފަރާތްތަކުން މުޒާހަރާ ކުރަމުންދާއިރު އަސީރުންގެ އާއިލާތަކުން އިތުރު މުޒާހަރާއެއް އިސްރާއީލުގެ އަސްކަރީ މައި މަރުކަޒުގެ ބޭރުގައިވެސް ދަނީ ކުރަމުންނެވެ.
މީގެ އިތުރަށް ޓެލްއަވީވްގެ ހަބީމާ މައިދާނުގައި ވެސް އެގައުމުގެ ސަރުކާރާ ދެކޮޅު ވަކި މުޒާހަރާއެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓްކޮށްފައިވާ ގޮތުގައި މުޒާހަރާގައި އެއްވެ ތިބި މީހުން ބުނީ އިސްރާއީލުގެ "ހަގީގީ ދުޝްމަނަކީ ހަމާސް ނޫން ކަމަށާއި އިސްރާއީލު ޔަހޫދީ އަދި ޑިމޮކްރެޓިކް ދައުލަތެއްގެ ގޮތުގައި ނައްތާލަމުންދާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ" ކަމަށެވެ.
މީގެ ކުރިންވެސް އިސްރާއީލުގެ ބައެއް ފަރާތްތަކުން މުޒާހަރާތައް ކުރިޔަށް ގެންގޮސްފައިވެއެވެ. ނަމަވެސް ސަރުކާރުން ރައްޔިތުންނަށް ބީރު ކަންފަތެއް ދީ ކޮންމެ ފަހަރަކުވެސް ގަދަ ބާރުން މުޒާހަރާތައް ރޫޅާލާކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު