ވަރަށް އަވަހަށް އައިފޯނުގެ ބޭނުން ކެނޑިދާނެ ކަމުގެ އިންޒާރު އެ ކުންފުނީގެ ވެރިއަކު ދީފިއެވެ.
މި އިންޒާރު ދީފައި ވަނީ އެޕަލްްގެ ސަރވިސަސް ޗީފް އެޑީ ކިއުއެވެ. އޭނާ ބުނީ ކުރިއަށް އޮތް 10 އަހަރުތެރޭ އައިފޯނުގެ ބޭނުން ކެނޑިދާނެ ކަމަށެވެ. މިއީ އެޕަލްގެ އިސްވެރިޔަކު މިފަދަ ވާހަކައެއް ދެއްކި ފުރަތަމަ ފަހަރެވެ.
އެޕަލް އިން މިފަދަ އިންޒާރެއް ދީފައި މިވަނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ގޫގުލްގެ މައްޗަށް ކުރިއަށްގެންދާ މައްސަލައެއްގައި ހެކިބަސް ދެމުންނެވެ. އެޑީ ކިއު ބުނި ގޮތުގައި ޓެކްނޮލޮޖީ ބަދަލުވެގެން ދިއުމުން އައިފޯނުގެ ބޭނުން ކެނޑިގެން ދިއުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
މަޝްހޫރު ޓެކް ދެ ކުންފުނި، އެޕަލްއާއި ގޫގުލްއާ ދެމެދު އޮންނަ ސަރޗް އިންޖީން އެއްބަސްވުމަކީ އަހަރަކު 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެކެވެ. ކޯޓުން ގޫގުލްގެ އާ އެއްކޮޅަށް ހުކުމް ކޮށްފިނަމަ އެޕަލްއަށް އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ވެދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީގެ ކުރިންވެސް އެޕަލްއިން ވަނީ އައިޕޮޑް ފަދަ މަގުބޫލު އުފެއްދުންތައް ހުއްޓާލާފައެވެ. އައިޕޮޑް ހުއްޓާލީ އެހެން ވާދަވެރީންގެ ސަބަބުންނެއް ނޫނެވެ. ނަމަވެސް އެޕަލްއިން އަމިއްލައަށް އައިފޯން ތައާރަފުކޮށް، އައިޕޮޑްގެ ފީޗާތައް އައިފޯނަށް އިތުރުކުރުމުންނެވެ.
މި ވާހަކަތަކުގެ ސަބަބުން އެތައް ބަޔަކު އަންނަނީ އެޕަލްގެ މުސްތަގުބަލާ މެދު ސުވާލު އުފައްދަމުންކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު