އަޝްވާގް ފައުޒީ   16 އޮކްޓޯބަރު 2026 - 14:46
އެތަށް ހާސް އައިފޯން ކަނޑުމަތީގައި އޮޔާ ދަނީ
އެތަށް ހާސް އައިފޯން ކަނޑުމަތީގައި އޮޔާ ދަނީ
ދުބައިން ފުރައިގެން ދަތުރުކުރަނިކޮށް، ސިންގަޕޫރުގެ ދިދަ ޖަހާފައިވާ "ޖީއެފްއެސް ޕްރައިޑް" ނަމަކަށް ކިޔާ ކާގޯ ބޯޓެއްގައި ބުދަ ދުވަހު އަލިފާން ރޯވެ، ހޯރްމުޒް ކަނޑުއޮޅިއަށް އަޑިއަށް ހިނގައްޖެއެވެ.

މި ހާދިސާގައި ބޯޓުގައި ހުރި 2,500 އަށްވުރެ ގިނަ ކޮންޓޭނަރާއެކު ގާތްގަނޑަކަށް 100 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން ކަނޑުގެ ސަތަހައަށް ގިނަ އަދަދެއްގެ މުދާ ފެންމަތިވެފައިވާއިރު، އޭގެ ތެރޭގައި އެތައް ހާސް އައިފޯނަކާއި، އަގުބޮޑު މީރުވަސްދުވާ ސަތޭކަޔަށްވުރެ ގިނަ ސެންޓު ފުޅިތައް ހިމެނެއެވެ.

މި ތަކެތި ކަނޑުމަތީގައި އޮޔާދަނިކޮށް ކައިރި ސަރަހައްދުތަކުގެ ކުދި ބޯޓުފަހަރުގައި އުޅޭ މީހުން ނަގަމުންދާ މަންޒަރުތައް ވެސް ވަނީ އާންމުވެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ކަމާބެހޭ އިދާރާތަކުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު