ހުޅުމާލޭގެ ކްލިނިކަކަށް ތެރަޕީނަގަން ދިޔަ ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ މި މަހުގެ ފަސްވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަންދިޔަ ކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ވެދާނެ ގޮތަކަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ މި މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.
ކުޑަކުދިންނާ ގުޅުންހުރި މިފަދަ މައްސަލަތަކުގައި ފުލުހުން އަނިޔާ ލިބޭ ކުދިންގެ މައުލޫމާތެއް ހާމައެއް ނުކުރެއެވެ. އަދި މިފަދަ މައްސަލަތައް ފުލުހުން ބަލަނީ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު