ހައްޖުވެރިންނާ ވީހާވެސް ގާތުން މަސައްކަތް ކުރުމަށް ހައްޖު މިޝަންގެ މެމްބަރުންނަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިލްތިމާސް ކުރައްވައިފިއެވެ.
މިނިސްޓަރ މިފަދައިން އިލްތިމާސް ކުރައްވާފައިވަނީ މި އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ މިއަދު ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
އިސްލާމިކް މިނިސްޓްރީގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ޙައްޖު މިޝަންގެ މެމްބަރުންގެ ޒިންމާ ވީހާވެސް ފުރިހަމައަށް އަދާކުރެއްވުމަށް އެބޭފުޅުންގެ ފަރާތުން އެދިވަޑައިގެންފައެވެ. އަދި ހަމަ އެހެންމެ، ދިވެހި ޙައްޖުވެރިންނަށް ދޭންޖެހޭ ޚިދުމަތްތައް ފުރިހަމައަށް ދެވޭކަން ޔަޤީން ކުރުމަށްވެސް މިނިސްޓަރ ނަސޭހަތްތެރިވެ ވަޑައިގަތެވެ.
މިނިސްޓަރ ވިދާޅުވީ ދިިވެހި ޙައްޖުވެރިންނަށް ދަތިވާ ކަންތައްތަކަށް އެކަށޭނެ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވަންޖެހޭނެ ކަމަށެވެ.
ދިވެހި ޙައްޖުވެރިންގެ ކަންކަން ވީހާވެސް ގާތުން ބެލުމަށްޓަކައި ސަޢުދީ ޢަރަބިއްޔާގައި ޙަރަކާތްތެރިވާ ދިވެހި ޙައްޖު މިޝަންގައި އެކި ދާއިރާތަކުން ޚާއްޞަ ބޭފުޅުން ހިމެނެއެވެ.
އޭގެ ތެރޭގައި ޙައްޖު ކޯޕަރޭޝަންގެ ބޭފުޅުންނާއި، ޑޮކްޓަރުންނާއި، ދީނީ ޢިލްމުވެރިންނާއި، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ފަރާތުން ވެސް ބޭފުޅަކު ހިމެނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަ ކޮށްފައެެވެ.
1446 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމަށް ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ގައެވެ.

ކިޔުންތެރިންގެ ހިޔާލު