ރާއްޖޭގައި ސްކޫލަށް ނުދާ ކުދިންގެ ނިސްބަތްކަމަށް ބުނެ ނެޝެނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި ތަފާސް ހިސާބުގައިވާ އަދަދު ރަނގަޅު ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން ރާއްޖޭގެ 16 ޕަސެންޓް ދަރިވަަރުން (9000 އަށް ވުރެ ގިނަ ދަރިވަރުން) ސްކޫލަށް ނުދެއެވެ.
ނަމަވެސް އެޑިއުކޭޝަން މިނިސްޓަރު ފޭސްބުކުގައި ވިދާޅުވީ މިއީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ. އަދި މިނިސްޓަރު ވިދާޅުވީ ބިއުރޯ އޮފް ސްޓެޓިސްކްސްގެ ތަފާސް ހިސާބުތައް އެކުލަވާލާފައިވާގޮތްވެސް ގޯސް ކަމަށެވެ.
އެގޮތުން 2022 ވަނަ އަހަރު 9000 ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަމަށް ދޭހަވާގޮތަށް ތަފާސް ހިސާބު އެކުލަވާލިއިރު އެ އަދަދުގެ ތެރޭގައި އުމުރުން 2 އަހަރާއި 3އަހަރުގެ ކުދިން ހިމަނާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ ތައުލީމުގެ ގާނޫނުން ރަސްމީ ތައުލީމު ހާސިލްކުރުމަށް ސްކޫލަށް ދާންޖެހޭ އުމުރުފުރާގެ ކުދިންނެއް ނޫނެވެ. ވީމާ، ރަސްމީ ތައުލީމު އުނގެނުން މަޖުބޫރު ނޫން އެތައް ހާސް ތުއްތު ކުދިން ހިމަނައިގެން، ނުވަވަރަކަށް ހާސް ދަރިވަރުން ސްކޫލަށް ނުދާކަމަށް ދޭހަވާ ގޮތަކަށް ތަފާސްހިސާބު ނެރުމަކީ ގޯހެކެވެ. އަދި މިހަގީގަތް ނޭގި މި ތަފާސް ހިސާބުތައް ރިޕޯޓު ކުރުމަކީ ވެސް ޒިންމާދާރު ގޮތެއް ނޫނެވެ." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެކި އެކި ގޮންޖެހުންތަކުގެ ސަބަބުން ސްކޫލަށް ނުދާ ދަރިވަރުން ފާހަގަކޮށް، ކަމާއިބެހޭ މުއައްސަސާތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އަބަދުވެސް ފިޔަވަޅު އަޅަމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކުރިން ނޭޝަނަލް ބިއުރޯ އޮފް ސެޓެޓިސްޓިކްސް އިން ނެރެފައިވާ ރިޕޯޓެއްގައިވަނީ، 2022ވަނަ އަހަރު ގަވާއިދުން ސްކޫލަށް ނުދާކަމަށް ފާހަގަ ކުރެވިފައިވަނީ އެންމެ 229 ކުދިން ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން އެންމެ ބޮޑަށް ކުރެވޭ އެއް މަސައްކަތަކީ ގްރޭޑް 10 ނިންމުމަށްފަހު ދަރިވަރުން މަތީސާނަވީގައި ބައިވަރިކުރެވޭ މިންވަރު މަތިކުރުމަށް ވާންޖެހޭ ތައްޔާރީތައްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިގޮތުން މިދިއަ އަހަރު ގްރޭޑް 10 ނިންމާ ދަރިވަރުން މަތީސާނަވީ މަރުހަލާގައި އިތުރު ކުރުމަށް 23 ސްކޫލެއްގައި ޕައިލެޓް ޕްރޮގްރާމެއް ފެށުނެވެ. އެޕްރޮގްރާމުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް މި އަހަރު އެ ޕްރޮގްރާމް ރަސްމީކޮށް އޭލެވެލް ކިޔަވައިދޭ ހުރިހައި ސްކޫލެއްގައި ތަންފީޒު ކުރެވިގެން ދާނެއެވެ. ﷲގެ ވާގިފުޅާއެކު، ޒަމާނުއްސުރު މަތީސާނަވީ މަރުހަލާއިން ދަރިވަރުން ބާކީކޮށް މަގުމަތިކުރަމުން އައި ސަގާފަތް ނައްތާލާނަމެވެ." މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު