އައިޝަތު އަސްނާ ހަމްދީ
އައިޝަތު އަސްނާ ހަމްދީ
މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަނަރުގެ މަގާމަށް އައިޝަތު އަސްނާ ހަމްދީ އައްޔަން ކުރުމަށް ރުހުން އޮތްކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެމްއެމްއޭގެ ހުސްވެފައިވާ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަނުކުރުމަށް މަޖިލީހުގެ ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލާގައި މާލިއްޔަތު ކޮމިޓީން މީގެކުރިން ފާސްކޮށްފައިވަނީ، އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް، މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށެވެ.

އަސްނާ ޑެޕިއުޓީ ގަވަރުނަރަކަށް އައްޔަންކުރަން މަޖލީހުން ފާސްކޮށްފައިވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވެ ތިއްބެވި 73 މެމްބަރުންގެ އިއްތިފާގުންނެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑެޕިއުޓީ ގަވަރުނަރު އަަހުމަދު އިމާދު މިދިޔަ މާޗު މަހުގެ 17 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މާލީ ދާއިރާގައި 20 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އަސްނާ، އެމްއެމްއޭގެ ހިދުމަތާ ގުޅިވަޑައިގަތީ 2008 ވަނަ އަހަރުއެވެ. އޭނާ މިހާރު ހުންނެވީ އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން