ވެލިދޫ ބަނދަރު މަސައްކަތް ކުރިއަށް ނުދަނީ އެކްސްކަވޭޓަރުގައި މައްސަލަ ޖެހިގެން ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު މުއްޠަލިބް ވިދާޅުވީ، 2022 ވަނަ އަހަރު ސަރުކާރުން ފަށާފައިވާ ވެލިދޫ ބަނދަރުގެ މަސައްކަތް ކުރިއަށްނުގޮސް މަޑުޖެހިފައިވަނީ އެކްސްކެވޭޓަރު މައްސަލަ ޖެހިފައިވުމުގެ ސަބަބުން ކަމަށެވެ.
އޭގެއިތުރުން ވަޒީރު މިއަދު ވަނީ ބަނދަރުގެ ކޮންސެޕްޓަށް ބަދަލު ގެނައުމަށް ކައުންސިލުން އެދިފައިވާތީ އެކަމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް ވިދާޅުވެފައެވެ. އެހެންނަމަވެސް ކައުންސިލުން އެޕްރޫވްކޮށްގެން ކުރާ މަސައްކަތަކަށް އިތުރު ބަދަލު ގެނައުމަކީ ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ދަތިވާނެ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު މަޝްރޫއަށް ބޭނުންވާ ބޮޑުހިލަ ލިބުން ދަތިވުމުގެ ސަބަބުން ބޭރު ތޮށީގެ މަސައްކަތް ފެށިފައި ނުވާކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. އަދި މަޝްރޫޢަށް ބޭނުންވާ އެލް ބްލޮކްސްތައް މި މަހުގެ ތެރޭގައި ވެލިދުއަށް ގެންދިއުމަށް ރާވާފައިވާ ކަމަށްވެސް ވަޒީރު މިއަދު ވިދާޅުވިއެވެ.
ވަޒީރު މުއްޠަލިބް މިއަދު ވިދާޅުވީ ވެލިދޫ ބަނދަރުގެ މުޅި މަޝްރޫޢު އެއްކޮށް ނިންމައި ރައްޔިތުންނަށް ބޭނުންކުރަން ފެށޭނެ ކަމަށް ލަފާކުރެވެނީ ސެޕްޓެންބަރު 2026 ކަމަށެވެ.
ވަޒީރު މިހެން ވިދާޅުވެފައިވާއިރު މި މަޝްރޫޢަކީ ރައީސް ޞާލިޙްގެ ސަރުކާރުގައި އެމްޓީސީސީއާ ހަވާލުކޮށްފައިވާ 50 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. އެގޮތުން ރަށުގެ ބަނދަރު 3.5 މީޓަރަށް ފުން ކުރުމާއި، ނެރު 4 މީޓަރަށް ފުން ކުރުމާއި، 12 މީޓަރުގެ ނެރު ފައިކަށްޓެއް ޖެހުމާއި، ރަށުގެ މިހާރު އިން ސޭންޑް ފިލް ބްރޭކް ވޯޓާ ރީޕްރޮފައިލް ކުރުމަށްފަހު ރާޅު ނާރާ ގޮތަށް ފާރެއް ރޭނުން މަޝްރޫޢުގައި ހިމެނެއެވެ.
އަދި 151 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓެއް ޖެހުމާއި، 167 މީޓަރުގެ އެލް ބްލޮކް ވާޓަރު އަދި 22 ބައްތި އާއި ދެ ނެރުބައްތި ޖެހުމުގެ އިތުރުން 2،433 މީޓަރު ކޮންކްރީޓް ޕޭމަންޓެއް އެޅުމާއި 120 މީޓަރު ދޯނި އެހެލާ ސަރައްހައްދު ފުން ކުރުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު