ހުޅުމާލޭގައި ހުންނަ ފިޒިއޯ ކްލިނިކު
ހުޅުމާލޭގައި ހުންނަ ފިޒިއޯ ކްލިނިކު
ހުޅުމާލޭގެ ކްލިނިކަކަށް ތެރަޕީއަށް ދިޔަ ކުއްޖަކަށް އަނިޔާ ކުރި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ މެއި 05 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީނަގަން ދިޔަ ކުޑަ ކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ލިބޭ ފަދަ ގޮތަކަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ރޭ 2 މީހަކު ކޯޓު އަމުރުގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މައްސަަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ރާޖެސްވަރީ ކުމާރު (24އ) އާއި، އިޝާ އެންޓޮނެޓް (24އ) އެވެ.

މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގައި ހުންނަ ފިޒިއޯ ކްލިނިކުގައެވެ. މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މުވައްޒަފުން މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި މި މައްސަލައިގެ ސީރިއަސް ކަމަށް ބަލައި ކްލިނިކު ވަގުތީ ގޮތުން މިހާރު ވަނީ ބަންދު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން