އައިޝަތު އަސްނާ ހަމްދީ
އައިޝަތު އަސްނާ ހަމްދީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އައިޝަތު އަސްނާ ހަމްދީ އައްޔަންކުރައްވައިފި އެވެ.

ހަތްދިހަ ތިން މެމްބަރުންގެ ވޯޓާއެކު އަސްނާ އެ މަގާމަށް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިއަދު އެވެ.

އަދި މަޖިލީހުގެ ރުހުމާއެކު ރައީސް ވަނީ އަސްނާ އެ މަގާމަށް އައްޔަނުކުރައްވައިފަ އެވެ.

އަސްނާާ އެ މަގާމަށް އައްޔަނުކުރެއްވި އިރު އޭނާ ހުންނެވީ އެމްއެމްއޭގެ ފައިނޭންޝަލް ސެކްޓަރ ޑިވެލޮޕްމަންޓްގެ މެނޭޖަރުގެ މަގާމުގަ އެވެ. އޭނާ ވަނީ އެމްއެމްއޭގެ ތަފާތު މަގާމުތަކުގައި 17 އަހަރު ދުވަހު ހޭދަކުރައްވައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން