ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާރު އެންމެ އިސްކަމެއްދޭ ކަމަކީ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ހޯދާ އެކަން ހުއްޓުވަންކަމަށް ދާހިލީ ސަލާމަތާއިބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން މިހެން ވިދާޅުވީ ވަޒީރުންނާ ސުވާލުކުރުމަށް ހުޅުވާލައިގެން ކުރިއަށް ގެންދާ “އަހާ” ފޯރަމްގައި މިރޭ ވާހަކަ ދައްކަވަމުންނެވެ.
ފޯރަމްގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށް ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.
އޭގެ ތެރެއިން ވެސް އެންމެ އިސްކަމެއް މިހާރު ދެއްވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ފުޅާދާއިރާއެއްގައި ވިއްކާ މީހުން ހޯދައިގަތުމަށްކަމަށް އިހުސާން ވިދާޅުވިއެވެ. އެގޮތުން، ބޯޑަރުތަކުގައި މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
ހާއްސަކޮށް ކަނޑުމަގުން އެތެރެވާ މަސްތުވާތަކެތި ހޯދުމަށް ކޮންޓެއިނަރ ސްކޭންކުރާ މެޝިންތަކެއް ހޯދުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަ ކުރެއްވިއެވެ. އަދި ޕޯސްޓުން އަންނަ ތަކެތިވެސް ޗެކުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަ ކުރެއްވިއެވެ.
އިހުސާން ވިދާޅުވީ، މިހާރު ބޮޑަށް ވިސްނުން ގެންގުޅުއްވަނީ މަސްތުވާތަކެތި ފަހާ ދުވުމަށްވުރެ އެތަކެތީގެ ވިޔަފާރި ކުރާ މީހުން އަތުލައިގަތުމަށްކަމަށެވެ. ނަމަވެސް އެކަން ކުރުމުގައި އެންމެ ބޮޑަށް ދިމާވާ އެއް ދައްޗަކީ އެތަކެތި ވިއްކާ މީހުން ސީދާ މާކެޓަށް ނުވިއްކާ އެކި ފަށަލަތަކެއް ހިމަނައިގެން އެކި މީހުން މެދުވެރިކޮށް އެކަން ކުރުންކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާންގެ ވާހަކައިގައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކޮށްފައިވާ މަސައްކަތުގެ ބައެއް ތަފުސީލުތައްވެސް ވިދާޅުވެދެއްވާފައެވެ. އެގޮތުން، މިހާތަނަށް 700 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށާއި އެއީ މަގުމަތީ އަގުން ބަލާ ނަމަ 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތިކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން މާލެ އާއި ރަށްރަށަށް ބަނގުރާ އެތެރެކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދަށުން 9،000އަށް ވުރެ ގިނަ ބަނގުރާ ފުޅި އަތުލައިގަނެފައިވާކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު