ހަނގުރާމައިގެ ސަބަބުން ޣައްޒާ ރައްޔިތުންގެ ތެރެއިން ކޮންމެ ފަސް މީހަކުން އެކަކު ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާ ކަމަށް އެ ސިޓީގެ ރައްޔިތުންގެ ހާލަތު ދެނެގަތުމަށް ހެދި ސާވޭއަކުން ހާމަވެއްޖެއެވެ.
ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ލާއިންސާނީ އަމަލުތައް ހިންގަމުންދާތާ މިއަދަށް 19 މަސް ވަނީ ވެފައެވެ. އިންސާނީ އެހީތެރިކަމާއި ވިޔަފާރީގެ ހުރިހާ ސާމާނެއް ޣައްޒާއަށް ވަނުން ހުއްޓުވިތާ މިހާރު 60 ދުވަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ދިރިހުރުމަށް ކޮންމެހެން ބޭނުންވާ ތަކެތި ކުރިއަށް އޮތް ހަފްތާތަކުގައި އެއްކޮށް ހުސްވެދާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
މީގެ ކުރިން ރަސްމީކޮށް ޣައްޒާގެ އޮފިޝަލުން ވެސް ވަނީ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހި ކާބޯތަކެއްޗާއި ބޭސްފަރުވާ ކުރާނެ ސާމާނު ހުސްވުމުގެ ބިރު އޮތްކަން ހާމަކޮށްފައެވެ.
ހުއްޓުމެއްނެތި އިސްރާއީލުން އަދިވެސް ޣައްޒާއަށް ހަމަލާތައް ދެމުންދާއިރު މިފަދަ ހަމަލާތަކުގައި އިއްޔެ އެކަނިވެސް 39 މީހުން ވަނީ މަރުވެފައެވެ. މި ހަނގުރާމަ ކުރިޔަށް އޮތް ތަނުގައި ފުޅާކުރާނެ ކަމަށްވެސް އިސްރާއީލުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު