ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް
އިންޑިއާގެ މައްޗަށް ކާމިޔާބު ހޯދި ދުވަސް ޕާކިސްތާނުން ހާއްސަ ދުވަހެއްގެ ގޮތުގައި ކޮންމެ އަހަރަކު ފާހަގަކުރަން ނިންމައިފި އެވެ.

އިންޑިއާއާ ޕާކިސްތާނާ ދެމެދު ކުރި ހަތަރު ދުވަހުގެ ހަނގުރާމަ ނިންމާލީ މިދިޔަ ހުކުުރު ދުވަހު އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވީ ކޮންމެ އަހަރެެއްގެ ވެސް މޭ މަހުގެ 10 ވަނަ ދުވަސް ހާއްސަ ދުވަހެއްގެ ގޮތުގައި ފާހަގަކުރާނެ ކަމަށެވެ. އެ ދުވަސް ފާހަގަކުރާނީ "ޔައުމު އޭ މަރުޚައޭ ހައްގު"ގެ ދުވަސަ ނުވަތަ ހައްގަށްޓަކައި ކުރި ހަނގުރާމައިގެ ދުވަހުގެ ގޮތުގައި ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

ބޮޑުވަޒީރު ވިދާޅުވީ ހަނގުރާމައިގައި ޝަހީދުވީ މީހުންގެ އާއިލާތަކުގެ ތެރެއިން ކޮންމެ އާއިލާއަކަށް ފަސް މިލިއަން ރުޕީސް ދެއްވާނެ ކަމަށެވެ.

ހަނގުރާމައިގައި ޕާކިސްތާނުން އިންޑިއާގެ އެންމެ އެޑްވާންސް ޖެޓްތައް ވައްޓާލައި އިންޑިއާ ވަނީ ސިއްސުވާލައިފަ އެވެ.

ޕާކިސްތާނުން ކާމިޔާބު އިއުލާންކުރި އިރު އިންޑިއާއިން ވެސް ވަނީ ކާމިޔާބު އިއުލާންކޮށްފަ އެވެ. އެހެން ނަމަވެސް އިންޑިއާއަށް ހަނގުރާމައިގައި މާބޮޑު ކާމިޔާބީއެއް ނުހޯދޭ ކަމަށް ގިނަ ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން