ނިރުބަވެރި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރު އަނބުރާ ގެންދިއުމަށް އެގައުމުން ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) ގައި އެދެފިއެވެ.

އިސްރާއީލުން ވަނީ ޣައްޒާ ހަނގުރާމަ ހިންގުމާ ގުޅޭ ގޮތުން އެގައުމުގެ ވެރިންނާ ދެކޮޅަށް ހުރި އަމުރުތައް މުރާޖައާ ކުރުމަށް އައިސީސީގެ ފަނޑިޔާރުންގެ ފަރާތުން އެދިފައެވެ. ބޮޑުވަޒީރާއި ޑިފެންސް މިނިސްޓަރު ހައްޔަރު ކުރުމުގެ އަމުރުވެސް އަނބުރާ ގެންދިއުމަށް އިސްރާއީލުން އެދުނެވެ.

ހުކުރު ދުވަހުގެ ރޭ ދަންވަރު އައިސީސީގެ ވެބްސައިޓުގައި ޝާއިއުކުރި ލިޔެކިޔުންތައް ދައްކާ ގޮތުގައި އިސްރާއީލުން ވަނީ ފަލަސްތީނުގެ ސަރަހައްދުތަކުގައި ހިނގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އަނިޔާވެރި ޖަރީމާތަކުގެ ތަހުގީގު ހުއްޓާލުމަށް ކޯޓުގައި އެދިފަ އެވެ.

އެ ލިޔެކިޔުންތަކުން ހާމަވާގޮތުގައި އިސްރާއީލުން މިކަމަށް އެދިފައި ވަނީ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ތާރީޚެއްގައެވެ. އިސްރާއީލުން ހުށައެޅި އެ ލިޔެކިޔުންތަކުގައި ސޮއިކުރީ އިސްރާއީލުގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް ގިލާދު ނޯއާމް އެވެ.

ޣައްޒާގެ ހަނގުރާމައިގައި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އަމަލުތަކާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ޑިފެންސް ޗީފްގެ އިތުރުން ހަމާސްގެ ލީޑަރެއް ކަމަށްވާ އިބްރާހިމް އަލް މަސްރީ ހައްޔަރު ކުރުމުގެ އަމުރުވެސް އައިސީސީން ނެރުނެވެ. މި އަމުރުތައް އެ ކޯޓުން ނެރުނީ ނޮވެމްބަރު 21 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން