އަވައްޓެރި އިންޑިޔާއާއި ޕަކިސްތާނުގައި ހިނގި ހަނގުރާމަ ހަނުހުއްޓޭ ކަމަށާއި ނަމަވެސް ހަނގުރާމަ އޮތީ މަޑުޖެހިފައި ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ ވިދާޅުވީ ޕާކިސްތާނާ ދެކޮޅަށް އިންޑިއާ ސިފައިން ދެމުންދިޔަ ހަމަލާތައް މަޑުޖައްސާލާފައި އޮތީ ހަމައެކަނި ވަގުތީ ގޮތުން ކަމަށެވެ. މޯދީ މިހެން ވިދާޅުވީ މި ހަނގުރާމަ ހުއްޓާލުމަށް ދެގައުމުން އެއްބަސްވުމަށް ފަހު ޤައުމާ މުޚާޠަބުކޮށް ދެއްކެވި ފުރަތަމަ ވާހަކަފުގައެވެ.
ބުދަ ދުވަހު ނިއުދިއްލީގައި ވާހަކަފުޅު ދައްކަވަމުން، މޯދީ ވިދާޅުވީ، "ޓެރަރިޒަމް" އަށް އެހީތެރިވާ ސަރުކާރުތަކާއި "ޓެރަރިސްޓް ގްރޫޕްތަކާ" ދެމެދު އެއްވެސް ތަފާތެއް ނުކުރާނެ ކަމަށެވެ. އަދި މުސްތަޤުބަލުގައި އިންޑިއާއަށް އެއްވެސް "ޓެރަރ" ހަމަލާއެއް ދީފިނަމަ "އަމިއްލަ ގޮތަކަށް" ބަދަލު ހިފާނެ ކަމަށްވެސް މޯދީ ވިދާޅުވިއެވެ.
ހަނގުރާމަ ފެށުނު ފަހުން މެއި ހަވަނަ ދުވަހު އިންޑިއާގެ ސިފައިން ވަނީ ޕާކިސްތާނާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި ހުރި ތަންތަނަށް ގިނަ މިސައިލް ހަމަލާތަކެއް ދީފައެވެ. އިންޑިއާއިން ބުނީ "ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ" އަށް ހަމަލާދީފައިވާ ކަމަށެވެ. ނަމަވެސް ޕާކިސްތާނުން މިކަން ދޮގުކޮށްފައިވެއެވެ.
ޕާކިސްތާނުން ބުނީ އިންޑިޔާގެ ހަމަލާތައް އަމާޒުވީ އެގައުމުގެ މިސްކިތްތަކަށާއި އާންމުންނަށް ކަމަށެވެ. އަދި މި ހަނގުރާމައިގައި ޕާކިސްތާނުން ވެސް ވަނީ އިންޑިޔާއަށް ވަރުގަދަ ރައްދުތަކެއް ދީފައެވެ. އެގޮތުން އިންޑިޔާއަށް ބިލިއަނެއްހާ ޑޮލަރުގެ ގެއްލުން ދެވުނު ކަމަށް ޕާކިސްތާނުން ބުނެއެވެ.
ހަނގުރާމަ އާއި ގުޅިގެން މޯދީ ވިދާޅުވީ، ޕާކިސްތާނުން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ބަދަލުގައި އިންޑިއާއަށް "ހަމަލާދޭން" ގޮވާލީ ކަމަށެވެ. އަދި އިންޑިއާއިން "ނިޔުކްލިއަރ ބްލެކްމެއިލް" ބަލައިނުގަންނާނެ ކަމަށްވެސް މޯދީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު