ޝަމްއާން
ޝަމްއާން
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި އެވެ.

ބިދޭސީއަކު ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މެދުވެރިވެގެން އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އޭނާގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޝަމްއާން ހައްޔަރުކުރީ މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހު އެވެ. އަދި އޭނާ މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލަ ފުލުހުން ތަހުގީގުކޮށް ޝަމްއާންއާއެކު އިތުރު ހަތަރު މީހުންގެ މައްޗަށް ދައުވާކުރަން އިއްޔެ ފޮނުވާފައިވާ ކަމަށެވެ.

އަދި ދައުވާ ކުރުމާ މެދު 15 ދުވަސް ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ވެސް ބުންޏެވެ.

ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހެޅި އެވެ. ނަމަވެސް ކޯޓުން ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެެވެ.

ޝަމްއާން ވަނީ ފްރޭމްކޮށްފައި ކަމަށް އޭނާގެ އާއިލާއިން ވަނީ ތުހުމަތުކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން