ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ކުރިން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، އެޗްއާރުސީއެމުން ގޮވާލައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަަލަތަކެއް ބަލަމުންދާ ކަމަށްބުނެ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މި ދެ ފަނޑިޔާރުން ސަސްޕެންޑު ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގައެވެ.
މި މައްސަލަ ބެލުމަށްފަހު އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ ޑރ. އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ކުށެއްގެ ތުހުމަތުގައި ބަންދުކުރުމުން އިސްމާއީލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީންނަށް ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.
މައްސަލަ ބެލުމަށްފަހު މި ދެ ފަނޑިޔާރުން މަގާމުތަކުން ވަކިކުރަން ނިންމައި ޖޭއެސްސީން މަޖިލީހަށް ފޮނުވީ މިމަހު 4 ވަނަ ދުވަހުއެވެ. އަދި މި މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމުން ކޮމިޓީންވެސް ފާސްކުރީ އަޒްމިރަލްދާ އާއި މަހާޒު ފަނޑިޔާރުކަމުން ވަކިކުރުމަށެވެ.
މިމައްސަލަ ކުރިއަށް ދިޔަ ގޮތާމެދު ކަންބޮޑުވުން ފާޅުކުރަމުން އެޗްއާރްސީއެމުން މިއަދު ނެރުނު ބަޔާނުގައި ބުނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފައިވަނިކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގާނޫނީ އަދަދު މަދުކުރުމަށް ކަނޑައަޅައި، އެ ބިލު މިދިޔަ ފެބްރުވަރީ މަހުގެ 26ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ. އަދި ހަމަ އެ ދުވަހު ތާވަލުކޮށްފައިވާ ދުސްތޫރީ މައްސަލައިގެ ޝަރީއަތުގެ މަޖިލިސް ފެށުމަށް ކުޑަތަންވެފައިވަނިކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ތިން ބޭފުޅަކު ސަސްޕެންޑް ކުރުމަށް ޖޭއެސްސީއިން ނިންމިކަން ވެސް ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
އެޗްއާރްސީއެމުން ބުނީ އެ ކަންކަމަކީ އެ ދުސްތޫރީ މައްސަލަ ކުރިއަށްގެންދިޔުމަށް ހުރަސްއެޅިގެންދާ ގޮތަކަށް، އަދި މައްސަލައިގައި ޝަރީއަތްކުރައްވާ ފަނޑިޔާރުންނަށާއި އެ މައްސަލައިގެ އިޖުރާއަތުތަކަށާއި ނިންމުންތަކަށް ނުރަނގަޅު ނުފޫޒު ފޯރުވުމަށް ކޮށްފައިވާ ކަމެއްކަމުގައި ބެލުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮތަތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.
އަދި ފަނޑިޔާރު މަޙާޒާއި އަޒްމިރަލްދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމުމުގައި ޖޭއެސްސީންނާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އަމަލު ކޮށްފައިވާގޮތާއި އިޖުރާއަތުތައް ތަރުތީބު ކުރި ގޮތުގެ ސަބަބުން ކަންބޮޑުވާ ކަމަށްވެސް އެޗްއާރްސީއެމްގެ ބަޔާނުގައި ވެއެވެ.
ކޮމިޝަނުން ބުނީ ބައިނަލްއަގުވާމީ ގާނޫނީ މަސްދަރުތަކާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި، އދ ގެ ރިޒޮލިއުޝަންތަކުގައި ފަނޑިޔާރުންގެ މިނިވަންކަމަށް ގޮވާލާފައިވާ ކަމަށެވެ. އެގޮތުން، އ.ދ. ގެ "ބޭސިކް ޕްރިންސިޕަލްސް އޮން ދަ އިންޑިޕެންޑެންސް އޮފް ދަ ޖުޑީޝަރީ (1985)" ގައި ޝަރުއީ ދާއިރާގެ މިނިވަންކަން ކޮންމެ ދައުލަތަކުންވެސް ކަށަވަރުކޮށްދޭންވާނެ ކަމަށާއި، ޝަރުއީ ދާއިރާގެ މިނިވަންކަމަށް އިހުތިރާމްކޮށް، އެކަންކަން ނަގަހައްޓާ ދެމެހެއްޓުމަކީ ކޮންމެ ދައުލަތެއްގެވެސް ޒިންމާއެއްކަމާއި، ޝަރުއީ ދާއިރާގެ ނިންމުންތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުވަތަ ބާރުފޯރުވުމެއް އޮވެގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާކަން ކޮމިޝަނުން ހަނދާން ކޮށްދިނެވެ. އަދި ހަމަ އެހެންމެ މިއީ ގާނޫނުއަސާސީގައި ވެސް ބަޔާންކުރާ އުސޫލުކަމަށް އެޗްއާރުސީއެމުގެ ބަޔާނުގައި ވެއެވެ.
އެޗްއާރްސީއެމުން ބުނީ އެއްވެސް މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވިއްޖެނަމަ، އިންސާފުގެ އުސޫލުތަކާއި ހަމަތަކާއި އެއްގޮތަށް، އެ މީހެއްގެ މައްޗަށް އެއްކިބާވެފައިވާ، އިންސާފުވެރި ޝަރީއަތެއް ހިންގައި، ގާނޫނު ހުއްދަކުރާ އަދި ގާނޫނީގޮތުން ބުރަދަންހުރި ހެކީގެ މައްޗަށް ބުރަވެ މެނުވީ ހުކުމެއް ކުރުމަކަށް ނުވަތަ ނިންމުމެއް ނިންމުމަށް އަދުލު އިންސާފުގެ އެއްވެސް ހަމައެއް ފުރުސަތު ނުދޭ ކަމަށެވެ. އެގޮތުން އަދުލުވެރި އަދި އިންސާފުވެރި ޝަރީއަތެއްގެ އުންސުރުތަކުގެ ތެރޭގައި އެ މީހެއްގެ މައްޗަށް ކުރެވުނު ތުހުމަތަކީ ކޮބައިކަން ސާފުކޮށް އެނގުމާއި، އެ މީހެއްގެ ދިފާއުގައި ލިޔުމުންނާއި އަނގަބަހުން ޖަވާބުދާރީ ވުމުގެ ހައްގު ލިބިދިނުމާއި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމާއި، ހުކުމް ނުވަތަ ނިންމުން ބިނާކުރި ސަބަބުތައް އެނގުމުގެ ހައްގު ހިމެނޭކަމަށް ގާނޫނުއަސާސީ އާއި ސުޕްރީމް ކޯޓުގެ ނިންމުންތަކުގައި ކަނޑައަޅާފައިވާ ކަމަށް ކޮމިޝަންގެ ބަޔާނުގައި ވެއެވެ.
އިތުރު ތަފުސީލުގެ ގޮތުގައި އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައި ވަނީ ޤާނޫނުއަސާސީ އާއި އދގެ "ބޭސިކް ޕްރިންސިޕަލްސް އޮން ދަ އިންޑަޕެންޑެންސް އޮފް ދަ ޖުޑީޝަރީ (1985)" ގައި ވާ ގޮތުން، އެއްވެސް ފަނޑިޔާރަކު އެ ފަނޑިޔާރުގެ މަގާމުން ވަކިކުރަންވާނީ ނުވަތަ ސަސްޕެންޑް ކުރަންވާނީ، އެ ފަނޑިޔާރުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ނުކުޅެދުން ނުވަތަ ފަނޑިޔާރުކަމާއި އެކަށީގެންނުވާ ޣައިރުސުލޫކީ ޢަމަލެއް ހިންގުމުގެ ސަބަބުން އަދި އެ ފަނޑިޔާރުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ނާގާބިލުކަމަށް ފެނިއްޖެ ހާލަތެއްގައި އެކަނި ކަމަށް ބަޔާންކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ.
އެހެންކަމަށް ވުމާއެކު، ފަނޑިޔާރެއް އެ ފަނޑިޔާރުގެ މަގާމުން ވަކިކުރުމުގެ ބޭނުމަށް ކުރެވޭ ތަހުގީގުގައި، އެ ފަނޑިޔާރެއް މަގާމުން ވަކިކުރުމަށް ނިންމާ ނިންމުމުގެ އެންމެހައި އިޖުރާއަތުތައް ތަރުތީބުކުރަންވާނީ، ތަބީއީ އިންސާފުގެ ހަމަތަކާއި އުސޫލުތަކާއި، އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމުގައި ތަތުބީގުކުރުން ލާޒިމު ހަމަތަކުގެ މައްޗަށް ކަމަށް އެޗްއާރުސީއެމުން ބުނެފައިވެއެވެ.
"ޑިއު ޕްރޮސެސް އޮފް ލޯ ނެގެހެއްޓުން ނުވަތަ އެ ގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އިޖުރާޢަތުތަކާ އެއްގޮތްވާ ގޮތުގެ މައްޗަށެވެ. މިއީ އެ ނިންމުމެއް ރައްދުވާ ފަރާތުގެ އަސާސީ ޙައްގުތައް ނެގެހެއްޓުމަށް، އެކުއެކީގައި ތަންފީޒުކޮށް ކަށަވަރުކުރަންޖެހޭ ޤާނޫނީ އަދި އުސޫލީ ހަމަތަކެކެވެ." އެޗްއާރުސީއެމުން ބުންޏެވެ.
އެޗްއާރްސީއެމުން އިތުރަށް ބުނީ އދ.ގެ ސްޕެޝަލް ރެޕަޓުއާ އޮން ދަ އިންޑެޕެންޑެންސް އޮފް ޖަޖަސް އެންޑް ލޯޔާސް މާގަރެޓް ސެޓާތުވެއިޓް، މި ޙާލަތާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށެވެ.
އެ ކަންކަމާ ހަވާލާދީ އެޗްއާރުސީއެމުން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުގައި ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެ ފަނޑިޔާރުން އެދިވަޑައިގެންފައި ވީނަމަވެސް، އެފަދަ އެއްވެސް ފުރުސަތެއް ދިނުމަކާ ނުލައި، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުންތައް ވެސް ސިއްރުކޮށް، ފަނޑިޔާރުން ވަކި ކުރުމަށް ފާސްކޮށްފައި ވުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަދި މިނިވަން ދިމިގުރާތީ ގައުމުތަކުގައި ޝަރުއީ ދާއިރާގެ ޤާނޫނުތަކަށް އިސްލާޙު ގެނައުމުގައި، އޭގެ ސަބަބާއި މަގުސަދު ސާފުކޮށް ބަޔާންކޮށް، ގާނޫނީ އިޖުރާއަތުތައް ދަމަހައްޓައި، ގާނޫނީ ފަންނުވެރިންނާއި މަދަނީ މުޖުތަމައުގެ ޚިޔާލު ހޯދައި، ހާމަކަން ބޮޑު ގޮތެއްގައި އިސްލާޙުތައް ގެންނަ ކަމަށް އެޗްއާރްސީއެމްގެ ބަޔާނުގައު ވެއެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ޕީއެންސީން ހުށަހަޅާފައިވާ އިސްލާހަކީ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާއާ ޚިލާފު، އަދި ގާނޫނީ އަދި ދުސްތޫރީ ހަމަތަކާ ޚިލާފު އިސްލާޙެއްކަމަށް އެ ކޮމިޝަނުން ދެކޭތީ، މިކަމުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހިއްސާކޮށްފައިވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެ އިސްލާޙު ގެނައުމުގެ ބިލު ތަސްދީގު ނުކުރެއްވުމަށް ނިންމަވައި، ރައްޔިތުންގެ މަޖިލީހުން ދެވަނަ ވިސްނުމަކަށް ވަޑައިގަތުމަށް އެދި އެ ބިލު އަނބުރާ ފޮނުއްވާލެއްވުމަށް ރައީސް ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއްކަމަށް އެ ކޮމިޝަނުން ދެކޭ ކަމަށް ވެސް އެޗްއާރުސީއެމުން ބުނެފައި ވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ދުސްތޫރީ އަދި ދިމިޤްރާތީ އުސޫލުތަކާއި، ގާނޫނުގެ ވެރިކަން ނަގަހައްޓައި، ދިވެހި ދައުލަތުގެ ތިން ބާރު ވަކިވެފައިވާ ނިޒާމަށް އިހްތިރާމްކުރުމާއެކު، ބައިނަލްއަގުވާމީ އިލްތިޒާމުތައް ކަށަވަރުކުރުމަށް އެންމެހައި ދައުލަތުގެ މުއައްސަސާތަކަށް އެ ކޮމިޝަނުން ގޮވާލާ ކަމަށެވެ.
އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަޙާޒާއި އަޒްމިރާލްދާ, މަޤާމުން ވަކިކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމެވުމުގެ ކުރިން، ހާމަކަމާއެކު ކުރިއަށް ގެންދެވޭ އިޖުރާއަތުގެ ތެރެއިން، ޢަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް، ޖަވާބުދާރީވުމުގެ އެކަށީގެންވާ ފުރުސަތު އެ ފަނޑިޔާރުންނަށް ފަހިކޮށްދިނުމަށާއި އަދުލުވެރި އަދި ތަޢައްޞުބުން އެއްކިބާވެފައިވާ ނިންމެވުމަކަށް ވާސިލުވެވޭނެ ގޮތެއްގެ މަތީން، އެ ފަނޑިޔާރުންގެ އަސާސީ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދިނުމަށް ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު