ފަނޑިޔާރު މަހާޒް އާއި ފަނޑީޔާރު އަޒްމިރަލްދާ
ފަނޑިޔާރު މަހާޒް އާއި ފަނޑީޔާރު އަޒްމިރަލްދާ
ސަސްޕެންޝަންގައި ތިއްބެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމިގޮތަށް ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެ ފަނޑިޔާރުން ވަކިކުރަން ފާސްކުރީ 68 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަކަމަށް 11 މެމްބަރަކު ވޯޓު ދެެއްވި އެވެ.

ދެ ފަނޑިޔާރުންނާއި ގުޅޭގޮތުން ޖޭއެސްސީން ކުރިއަށް ގެންދިޔަ މި ތަހުގީގަކީ ޑރ. އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފްގެ ބަންދު އަމުރަކަށް ފަނޑިޔާރު މަހާޒް މެދުވެރިކޮށް ޑރ. އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ބެލި މައްސަލައެކެވެ. މި ތުހުމަތުތަކަށް ދެ ފަނޑިޔާރުންވެސް ވަނީ އިންކާރު ކޮށްފައެވެ.

ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވީ އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް މަޖިލީހުގެ ކައުންސެލަރ ޖެނެރަލް ފާތިމަތު ފިލްޒާ އޮތީ އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ޖުޑިޝަރީ ކޮމިޓީއަށް ލަފާވެސް ދީފައި ވަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން