އޭރުވެސް މިހާރުވެސް ފެންނަނީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.
އަޒާން މިހެން ވިދާޅުވީ، ސުޕްރީމް ކޯޓުގެ 2 ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި މިއަދު ކުރިއަށް ދިޔަ ބަހުސްގައެވެ.
އެގޮތުން އަޒާން ވިދާޅުވީ، ގާނޫނުއަސާސީގައި ދަޢުލަތް ހިންގުމުގެ ތިން ބާރު ވަކިވެފައި އޮތް ނަމަވެސް، އޭރުވެސް، މިހާރުވެސް ފެންނަނީ ވެރިކަމުގެ ބާރުން އަދުލް އިންސާފު ގާއިމް ކުރުމުގެ ބާރަށް ނުފޫޒު ފޯރުވާ މަންޒަރު ކަމަށެވެ. އަދި ސުޕްރީމް ކޯޓަކީ އަދުލް އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ މަރުހަލާއަށްވާއިރު، އެ ކޯޓުގައި ތިއްބަވަން ޖެހޭނީ ނަޒާހަތްތެރި ފަނޑިޔާރުން ކަމަށް އަޒާން ވިދާޅުވިއެވެ.
“ކޮންމެ ވެރިކަމެއްގައިވެސް އަޅުގަނޑުމެންނަށް ފެނުނީ ފަނޑިޔާރުގެއަށް އަތް ބާނާ ތަން، ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ތަން. އެއިރު ވެސް މިހާރު ވެސް ފެންނަމުން މި ދަނީ ހަމަ އެ މަންޒަރު.” އަޒާން މިއަދު ވިދާޅުވިއެވެ.
އަޒާން ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގެ މަރުޙަލާގައި ޖޭއެސްސީންނާއި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީންވެސް ޢަމަލު ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ. އަދި އެފަދަ ނިންމުމެއް ނިންމާއިރު މި ނޫން ދުވަހެއް ވެސް އަންނާނެކަން ދެކިވަޑައިގަނެގެން ތިއްބަވައިގެން މެންބަރުން ގޮތެއް ނިންމެވުމަށް އަޒާން މިއަދު ގޮވާލެއްވިއެވެ.
“ޖޭއެސްސީން މައްސަލަ ބެލިއިރު ހުރިހާ އަޑުއެހުމެއް ސިއްރު. އިއްޒަތްތެރި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ ރިޕޯޓު ދިރާސާ ކުރެއްވި އިރު ކޮމިޓީ ސިއްރު.” ފަނޑިޔާރުން ވަކިކުރުމަށް ނިންމި ނިންމުމަށް ފާޑު ވިދާޅުވަމުން އަޒާން ވިދާޅުވިއެވެ.
އޭގެ އިތުރުން އަޒާން ވިދާޅުވީ، ޒަމާނުއްސުރެ އަދުލު އިންސާފަކީ މި ގައުމުގައި ނިކަމެތިންނަށް ލިބޭ އެއްޗެއް ނޫން ކަމަށެވެ. އަދި އެއީ އެއިރު ވެރިކަމުގައި ތިއްބަވާ ފަރާތަކުން ދެއްވީމަ ލިބޭ އެއްޗެއް ކަމަށް އަޒާން ވިދާޅުވިއެވެ.
މިއަދުގެ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރުމަށް 68 މެމްބަރުން ވޯޓު ދެއްވާފައިވާއިރު، އެކަމާ ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.
މިވޯޓުގައި އަޒާން ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ. އަޒާންގެ އިތުރުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެސް ވޯޓު ދެއްވާފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު