ފުލުހުންގެ އިދާރާ--
ފުލުހުންގެ އިދާރާ--
ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފައިވާ ކުއްޖެއްގެ ބޮލުގައި ޓީޗަރަކު ފުޅިއަކުން ޖެހިކަމަށް ބުނެ މައްސަަލައެއް ބަލަމުންދާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ ހާދިސާ ހިނގީ އައްޑޫ ސިޓީގައި ހުންނަ ސްކޫލެއްގައި ކަމަށެވެ.

އަދި ދަރިވަރެއްގެ ގައިގައި ޖެހި މައްސަލައެއް އިއްޔެ ރިޕޯޓްކޮށްފައިވާތީ އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

"ރަސް"އަށް އެެނގިފައިވާ ގޮތުން އެ ދަރިވަރަކީ ސިކުނޑީގެ އިތުރު އޮޕަރޭޝަނެއްވެސް ކުރުމަށް ތައްޔާރުވަމުންދާ ދަރިވަރެވެ.

ނަމަވެސް ރަށުތެރެއިން އަނެއް ބަޔަކު ބުނާގޮތުގައިި އެޓީޗަރަކީ އެފަދަ ކަމެއް ކުރާނެ ޓީޗަރެެއް ނޫނެވެ. އަދި އޭނާއެކު އެސްކޫލުގައި މަސައްކަތް ކުރާ އެހެން ޓީޗަރުންނަށްވެސް އެކަން ރަނގަޅަށް އެނގޭނެ ކަމަށްވެސް އެސްކޫލުގެ ބެލެނިވެރިޔަކު ކިޔައިދިނެވެ. އިތުރު މީހަކު ބުނިގޮތުގައި އެހާދިސާގައި ހިނގިކަމަށް އެބުނާ އުމުރުގެ ބައެއް ކުދީންނަކީ ހިތްހަމަ ނުޖެހޭ ބަހެއް އެއީ އަދި ޓީޗަރަކު ބުނި ކަމުގައިވިޔަސް އަމިއްލަ ސްޓޯރީ މޭކްކޮށްގެންވެސް އެކަމުގެ ބަދަލުހިފުމުގެ ރޫޙު ގެންބުޅޭ ކުދީންނެވެ.

ބޮލުގައި ޓީޗަރު ޖެހިކަމަށް ބުނި ނަމަވެސް އެކުއްޖާގެ ބޮލުގައި ބޭރު ފުށުން އެއްވެސް ގެއްލުމެއް ފެންނަން ނެތް ކަމަށްވެސް ބެއެއް މީހުންވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން