ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް ނުވަތަ "ޖެނެރޭޝަނަލް ބޭން" އެއް ކަނޑައެޅުމުން ދުނިޔޭގެ ޞިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެކަމަށް މަރުހަބާ ކިޔައިފިއެވެ.
"ޖެނަރޭޝަނަލް ބޭން" ގެ ދަށުން 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރަން ނިންމައި މަޖިލީހަށް ބިލެއް ފޮނުވުމުން، ރައްޔިތުންގެ މަޖިލީހުންވެސް ވަނީ އިއްޔެ އެ ބިލް ފާސްކޮށްފައެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ޖަނަވަރީ އެކެއް، 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށާއި އެއިން މީހަކަށް އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ވިއްކައިގެން ވެސް ނުވާނެ ކަމަށެވެ.
ޑަބްލިއުއެޗްއޯއިން ބުނީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ފާސްކުރުމަށް ނިންމި މުހިންމު ނިންމުމަކީ ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.
އަދި މިއީ މުސްތަގުބަލުގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުޅަހެޔޮ ޖީލެއް އުފެއްދުމަށް ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިޔާގެ ސަރަހައްދުގައި މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމު ކަމަށްވެސް އެ ޖަމިއްޔާއިން ފާހަގަ ކޮށްފައި ވެއެވެ.
ރާއްޖޭގައި މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ވަނީ އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން ވެސް މަނާ ކޮށްފައެވެ.
އަދި ދުންފަތް ކޮންޓްރޯލު ކުރުމަށްވެސް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު