ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު ކާމިޔާބީއަކީ ދިވެހިރާއްޖެ ނުދަރާ ސަލާމަތްކުރުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސަޢީދު މިހެން ވިދާޅުވީ ކޮންގުރެސް ޕާޓީގެ ގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެެ.
އިކޮންމިކް މިނިސްޓަރު ސަޢީދު ވިދާޅުވީ، ކުރީގެ ސަރުކާރުން ގެނެސްދިން މާލީ ކާރިސާއިން ރާއްޖެ ސަލާމަތްކުރުމަކީ ރައީސް މުޢިއްޒުގެ އެންމެ ބޮޑު ކާމިޔާބީ ކަމަށާއި، މިއަށްވުރެ ބޮޑު ކާމިޔާބީއެއް މިހާތަނަށް ނުހޯއްދަވާ ކަމަށެވެ. މިނިސްޓަރު ސަޢީދު ވިދާޅުވީ، ރާއްޖެ ބަނގުރޫޓުވެ ޑިފޯލްޓްވާނެ ކަމަށް ކުރީގެ ސަރުކާރުން ދެއްކި ވާހަކަތަކާ ޚިލާފަށް، މިހާރު ރާއްޖެ ދަނީ ކުރިއަރަމުން ކަމަށެވެ.
"މާތް ﷲގެ ތަނަވަސް ވާގިފުޅާއެކު، ދިވެހިރާއްޖެއަށް ޕީ.އެންސީގެ ލީޑަރު، އަޅުގަނޑުމެންގެ ޕާޓީގެ ލީޑަރު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ހޯއްދެވި އެންމެ ބޮޑު، އެންމެ ފާހަގަކޮށްލެވޭ ކާމިޔާބަކީ ދިވެހިރާއްޖެ ނުދަރާ ސަލާމަތްކުރެއްވުން،" މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.
މީގެއިތުރުން، މިނިސްޓަރު ސަޢީދު ވިދާޅުވީ ކުރީގެ ސަރުކާރުން ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން، އެމަނިކުފާނު އަޒުލުކުރުމަށް ބޭނުންވާނެ ހުރިހާ ގަވާއިދުތަކަކާއި ގާނޫނުތަކެއް ތަރުތީބުކުރަމުން އައި ކަމަށެވެ. ސަޢީދު ވިދާޅުވީ އެ ގޮންޖެހުންތަކުން އަރައިގެންފައިވާ ކަމަށެވެ. ރައީސް މުޢިއްޒުގެ ހިކުމަތްތެރި ސިޔާސަތުތަކުގެ ސަބަބުން، ރާއްޖެ މިހާރު ދަނީ އެއްވެސް ބިލެއް، އެއްވެސް ޕޭމަންޓެއް ނުދެއްކި ނެތި އަދި އެއްވެސް ބޭންކަކަށް ނުދަރާ ކުރިއަށް ކަމަށް ސަޢީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސަޢީދު ވިދާޅުވީ ވޭތުވެދިޔަ ތިން ހަތަރު ވެރިކަމެއް އެއްކޮށްލިޔަސް މި ސަރުކާރުގެ މި ދޮޅު އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތާ ގާތަށް ވެސް މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އެގޮތުން ރާއްޖެ ވެއްޓިފައިވާ "އަޑިގަނޑުން" ސަލާމަތްކުރުމަށް ޓަކައި އެމަނިކުފާނާ އެކުގައި މަސައްކަތް ކުރައްވާ ކެބިނެޓުގެ ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންނާއި، އިއްޒަތްތެރި މަޖިލީހުގެ މެންބަރުން ވެސް ގިނަ މަސައްކަތްތަކެއް ކުރަށްވާ ކަމަށް ސަޢީދު ވިދާޅުވިއެވެ.
"އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި މި ދިޔަ ފަނަރަ ވަރަކަށް އަހަރު ދުވަސް އެއްކޮށްލިޔަސް މި ދޮޅު އަހަރު ދުވަސް ތެރޭގައި ހަމައެކަނި ކެބިނެޓުގެ ބައްދަލުވުމަށް ބެއްޔަސް، ކެބިނެޓުގައި ވަޒީރުންނާ އެކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ހޭދަކުރެއްވި ވަގުތަށް ބެއްޔަސް، ކުރެއްވި މަސައްކަތްޕުޅަށް ބެއްޔަސް، އަޅުގަނޑު ޗެލެންޖުކޮށްފައި ދަންނަވާލަން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޕާޓީގެ ލީޑަރ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ވަރަކަށް މިހާތަނަކަށް މި ތިން ހަތަރު ވެރިކަމެއް އެއްކޮށްލިޔަސް ނޯންނާނެ." މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.
މި ޖަލްސާގައި ޕީއެންސީގެ އިސް މެންބަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު