މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ފެށި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތުން މިހާތަނަށް 7.4 މިލިއަން ޑޮލަރުގެ އާމްދަނީއެެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ ބަންކަރިން ޚިދުމަތުން މިހާތަނަށް 7.4 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ ލިބިފައިވާ ކަމަށެވެ. މިނިސްޓަރު ސަޢީދު ވިދާޅުވީ، މި އާމްދަނީ ލިބިފައިވަނީ ފާއިތުވި 5 މަހާއި ދުވަސްކޮޅެއްގެ ތެރޭގައި ކަމަށާއި، މިއީ ކުޑަ އަދަދެއް ނޫން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި އާމްދަނީގެ 95 ޕަސެންޓަކީ ވީއެލްއެސްއެފްއޯ ކިޔާ ޕްރޮޑަކްޓަކުން ލިބުނު އާމްދަނީ ކަމަށެވެ. މިއީ ދިވެހިރާއްޖެއަށް މުޅިން އަލަށް ތަޢާރަފުކުރެވުނު ބަންކަރިން ޕްރޮޑަކްޓެއް ކަން ސަޢީދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ސަޢީދު އިތުރަށް ވިދާޅުވީ، މި ޚިދުމަތް ފެށިފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެންބަރު 18 ވަނަ ދުވަހު ކަމަށާއި، މިހާރު މި ޚިދުމަތަށް ލިބޭ ޑިމާންޑް އިތުރުވަމުން އަންނަ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ވިސްނުންފުޅުގައި ހުރީ މިފަދަ ގާނޫނުތަކާއި އަދި ދައުލަތުގެ ތެރޭގައި ކުރަންޖެހޭ އިންތިޒާމުތައް ވަރުގަދަކޮށްގެން ދިވެހިރާއްޖޭގައި މި މަސައްކަތް އިތުރަށް ފުޅާކުރުން ކަމަށްވެސް މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން