ރައީސް ޑރ. މުޢިއްޒު އާއި މެޑަމް ސާޖިދާ
ރައީސް ޑރ. މުޢިއްޒު އާއި މެޑަމް ސާޖިދާ
އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތަކީ ޢާއިލީ ލޯބި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރަމުންދާ ޢާއިލާތަކުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ.

އެގޮތުން ސާޖިދާ ވިދާޅުވެފައިވަނީ، އުފަލާއި ހިތާމައިގައާއި، ފަހިކަމާއި ދަތިކަމުގައިވެސް، ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ދިރިއުޅުމުގެ އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ. އަދި ޢާއިލީ ލޯތްބަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތްކަން ސާޖިދާ ފާހަގަ ކުރެއްވިއެވެ.

“ދިވެހި ޢާއިލާތަކަށް ބަދަހިކަމާއި ހަމަޖެހުން މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމުން، މި އުފާވެރި ދުވަހު މަރްޙަބާއާއި ތަހުނިޔާ ތަކުރާރު ކުރަން.” މެޑަމް ސާޖިދާގެ މެސެޖް ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.



ސާޖިދާ މިހެން ވިދާޅުވެފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ މިއަދުގެ މުނާސަބަތުގައި ޢާއިލާތަކަށް ތަޙުނިޔާ ފޮނުއްވާފައެވެ.

ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މޭ މަހުގެ 15 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން