ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށް ބޭއްވުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ ބިލު ޖޫން މަސްތެރޭގައި މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނާއެކު ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބާ ދޭތެރޭގައި ގާތްގަނޑަކަށް ހޭދަވަނީ ހައެއްކަ މަސްދުވަސް ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ، ދެ އިންތިޚާބުވެސް އެކީގައި ބޭއްވިގެން ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް އޭގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަންގަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ދުއިސައްތަ މިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
“އަޅުގަނޑު ވަކިގޮތެއް މިއަށް ނިންމައިގެނެއް ނިންމޭނެ ކަމެއްވެސް ނޫން. އަދި ނުވެސް ނިންމާނަން، ނިންމެން އޮތަސް. އަޅުގަނޑު ބޭނުންވަނީ ހަމަ ރައްޔިތުންގެ ކިބައިން އަހައިގެން ގޮތެއް ނިންމަން.” ރައީސް މިއަދު ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު، ރިޔާސީ އިންތިޚާބާއި މަޖްލިސް އިންތިޚާބު އެއްކޮށްލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ވިސްނުންފުޅަށް ތާޢީދު ކުރަށްވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު