ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ވޯޓުލުން އިލެކްޓްރޯނިކް ކުރުމަކީ ސަރުކާރުން ވިސްނާފައި އޮތް ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނާއެކު ޕޮޑްކާސްޓްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، "މޯލްޑިވްސް 2.0" އިފްތިތާޙް ކުރުމާއެކު ބަޔަކު މީހުން އުފައްދަން މަސައްކަތްކުރި ޝައްކެއް ރައްޔިތުންނަށް އޮޅުން ފިލުވައި ދެއްވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އީ-ވޯޓިން ތަޢާރަފް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް އެއީ މިސަރުކާރުން ގެންގުޅޭ ވިސްނުމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑުމެން މިއުޅެނީ ރިޔާސީ އިންތިޚާބުގައި، ނޫނިއްޔާ މަޖިލިސް އިންތިޚާބުގައި ވިޔަސް، އިލެކްޓްރޯނިކަލީ ވޯޓުލުމަށޭ. އެކަހަލަ އެއްވެސް ކަމެއް ކުރާކަށްވެސް ނޫޅެން އިނގޭތޯ. ނުވެސް ކުރާނަން. އެއީ، އެކަން ކުރާ ޤައުމުތަކުގައިވެސް އޮޕްޝަނަލީ އޮންނަ ކަމެއް.” ރައީސް މިއަދު ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސް ވިދާޅުވީ، އެސްޓޯނިއާގައިވެސް، އެހެން ހުރިހާ ކަމެއް ޑިޖިޓަލައިޒްކޮށް ނިންމާފައިވާ ކަމަށާއި، ނަމަވެސް އީވޯޓިން އަކީ އޮޕްޝަނަލީ ހުޅުވާލާފައި އޮތް ކަމެއް ކަމަށެވެ.

އަދި އެކަމަކީ އެއްވެސް ވަރަކަށް ވިސްނާފައި އޮތް ކަމެއްވެސް ނޫން ކަމަށާއި، ކުރަން ނިންމާފައި އޮތް ކަމެއްވެސް ނޫން ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާކަމަށް ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން