ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތް ނިންމައި މަޖިލިސް މިއަދު ޗުއްޓީ އަށް ހިގައްޖެއެވެ.

މިއަދު ބޭއްވި މި ދައުރުގެ އެންމެ ފަހު ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މި ދައުރުގައި މަޖިލީހަށް ހުށަހެޅުނު މަސައްކަތްތަކުގެ 77 އިންސައްތަ ނިންމާލެވިފައިވާކަމަށެވެ. އެގޮތުން މި ދައުރުގައި ޖުމްލަ 32 ޖަލްސާ ބޭއްވި، 59 ގަޑިއިރު ހޭދަކުރެވިފައިވާ ކަމަށް ރައީސް އަބުދުއްރަޙީމް ވިދާޅުވިއެވެ. އަދި މަޖިލީހުގެ ކޮމިޓީތަކުގެ 193 ބައްދަލުވުން ބާއްވައި، 139 ގަޑިއިރާއި 37 މިނެޓު ހޭދަކުރެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ދައުރުގައި ޖުމްލަ 9 ބިލު ފާސްކުރެވިފައިވާ ކަމަށް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް ގެނެވުނު އިޞްލާޙާއި، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙު، އަދި މިއަދު ފާސްކުރެވުނު ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ހިމެނެއެވެ.

މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގެ މެންބަރުން މަޖިލީހުގެ މަސައްކަތަށް ދެއްވާ އަހައްމިއްޔަތުކަމަށްޓަކައި ޝުކުރު އަދާކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން