މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް މަޝްހޫރު ޓީވީ ޕްރެޒެންޓަރު މޫސާ ރިޟުވާން އައްޔަންކުރަށްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ބްރޮޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް މޫސާ ރިޟުވާން އިއްޔެ އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ރިޟުވާނަކީ ޓީވީއެމްގައި ގިނަ އަހަރުތަކެއް ވަންދެން ޕްރޮޑިއުސަރު އަދި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެެވެ. ރިޟުވާން ބްޜޯޑްކޮމް އަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 70 މެމްބަރުންގެ އިއްތިފާގުންނެވެ. ރިޟުވާން ވަނީ 2016 ވަނަ އަހަރު ޕޮލިޓިކަލް ސައިންސް އަދި އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗެލާސް ޙާސިލް ކުރައްވައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން