އެންމެ ދުވަހެެއްގެ ތެރޭގައި ފަލަސްތީނުގެ 143 މީހުން މަރާލާފައިވާ ކަމަށް އެގައުމުގެ މެޑިކަލް މަސްދަރުތަކާ ހަވާލަދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެ ފަތިހުން ފެށިގެން ފެށިގެން ރެއާ ހަމައަށް އިސްރާއީލުން ޣައްޒާގެ އެކި ހިސާބުތަކަށް ދިން ހަމަލާތަކުގައި މަދުވެގެން 143 ފަލަސްތީނު މީހުން ވަނީ މަރުވެފަ އެވެ.

ނިރުބަވެރި އިސްރާއީލުން ވަނީ ބުރާސްފަތި ދުވަހު ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި ހުންނަ މެޑިކަލް ކްލިނިކަކަށް ވެސް ހަމަލާއެއް ދީފައެވެ. މި ހަމަލާގައި އަލް ތައުބާ ކްލިނިކުގެ މަތީ ފަންގިފިލާގައި ތިބި ބަލިމީހުންގެ ތެރެއިން 13 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ރިޕޯޓު ލިބެއެވެ.

މެދުއިރުމަތީގައި ހަމަނުޖެހުން ހިންގަމުންދާ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި ފަލަސްތީނުގެ 53،010 މީހުން މަރުވެ 119،919 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފަލަސްތީނުގެ ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ އިމާރާތްތަކުގެ ދަށަށް ގެއްލިފައިވާ އެތައް ހާސް ބަޔަކު މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ބުނެ މަރުވި މީހުންގެ އަދަދު 61،700 އަށް ވުރެ މައްޗަށް އަޕްޑޭޓްކޮށްފަ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި ގާތްގަނޑަކަށް 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން އަޅުވެތިކޮށްފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން