އަވައްޓެރި އިންޑިއާ އަދި ޕާކިސްތާނުގެ މެދުގައި އޮތް ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް އެ ދެ ގައުމުންވެސް އެއްބަސްވެއްޖެއެވެ.
މިފަހުން އިންޑިއާ އަދި ޕާކިސްތާނު ދެމެދުގައި ހަމަލާތައް ބަދަލުކުރަން ފެށީ މި އަހަރުގެ އޭޕްރީލް 22 ވަނަ ދުވަހު އިންޑިއާގެ ޕަހަލްގާމްގައި ހިނގި ނިރުބަވެރި ހަމަލާއަކާ ގުޅިގެންނެވެ. މި ހަމަލާގެ ސަބަބުން ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ރުޅިވެރިކަން އިތުރަށް ގޯސްވެގެން ދިޔައެވެ. އޭގެ ފަހުން މެއި ހަތް ވަނަ ދުވަހު އިންޑިއާއިން ޕާކިސްތާނުގެ ހަނގުރާމަވެރިންގެ ކޭމްޕްތަކަށް ވެސް ވަނީ ހަމަލާދީފައެވެ. އަދި އޭގެ ރައްދެއްގެ ގޮތުން ޕާކިސްތާނުން އިންޑިއާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ.
އިންޑިއާ-ޕާކިސްތާން ހަނގުރާމަ ތިން ދުވަހުގެ މުއްދަތަށް ދެމިގެންދިޔައެވެ. އަދި މެއި ދިހަ ވަނަ ދުވަހު ދެ ގައުމުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިއެވެ. އޭގެ ފަހުން މިހާރު ދެ ގައުމުގެ ޑައިރެކްޓަރ ޖެނެރަލް އޮފް މިލިޓަރީ އޮޕަރޭޝަންސް (ޑީޖީއެމްއޯ) އާ ދެމެދު ވާހަކަ ދެކެވި، "އިތުބާރު އިތުރުކުރުމުގެ ފިޔަވަޅުތައް" ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
ދެގައުމުގެ އޮފިޝަލުންނާ ހަވާލަދީ ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި މެއި ދިހަ ވަނަ ދުވަހު ދެ ޑީޖީއެމްއޯ އާ ދެމެދު ވެވުނު އެއްބަސްވުމުގެ އިތުރުން، އިތުބާރު އިތުރުކުރުމުގެ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މިއީ ހަނގުރާމައިގެ ހާލަތު އިތުރަށް ދަށްކުރުމަށްޓަކައި ކުރި ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު