ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
މިނިވަން މުއައްސަސާތަކުގެ މެންބަރުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ، މިނިވަން މުއައްސަސާއެއްގެ ގޮތުގައި ގާނޫނުގައި ހިމަނާފައިވާ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢަބްދުﷲ (މުހައްމާ) ސަރުކާރު ހިންގާ ޕީއެންސީގެ ސެނެޓަށް ރޭ އައްޔަނު ކުރުމާއި ގުޅުވައިގެންނެވެ.

ފައިސަލް އެކްސްގައި ވިދާޅުވީ، ޤާނޫނުގައި މަނާކޮށްފައި ނުވާތީ، މިނިވަން މުއައްސަސާތަކުގެ މެމްބަރުން ސިޔާސީ ކަންކަމުގައި ބައިވެރިވެ ހަރަކާތްތެރިވުމަކީ ކުރެވޭނެ ކަމެއް ކަމަށް ދުށުމަކީ އެންމެ ރަނގަޅުގޮތެއް ނޫން ކަމަށެވެ. ޤާނޫނެއްގެ ގޮތުގައި ލިޔެފައި ނެތް ނަމަވެސް، މުޖުތަމަޢުގައި އާންމުން ޤަބޫލުކޮށް އަމަލުކުރާ ހަމަތަކާއި ހިފަހައްޓަމުން އައިސްފައިވާ އުސޫލުތަކަކީ، އެއަށް ބޯލަނބައި ކިޔަމަންވާން ޖެހޭ ކަންކަން ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ފައިސަލް ވިދާޅުވީ، ދިމިޤުރާތީ އަދި ތަހުޒީބު މުޖުތަމަޢުތަކުގައި މިނިވަން މުއައްސަސާތަކުގެ ތަޞައްވަރު ދެމެހެއްޓުމަށާއި، އިތުބާރު ދެމެހެއްޓުމަށް، މިނިވަން މުއައްސަސާތަކުގެ މެމްބަރެއްގެ ހައިސިއްޔަތުން ނުކޮށް ދޫކޮށްލަންޖެހޭ ކަންތައްތަކެއް ހުންނަކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން