ކުރީ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ހުރިހާ ގޯތިތަކެއް ވެސް މިހާރު ގުޅީފަޅުން ހިއްކާފައިވާ ސަރަހައްދުން ދޫކުރަން ނިންމައިފިއެވެ.
ކުރީ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތިތައް ދޫކުރިއިރު ގުޅިފަޅުގައި ނުހިއްކާ އޮތް ސަރަހައްދުން ވެސް އޮތީ ގޯތި ދޫކޮށްފައެވެ. އަދި އެ ތަނުން ގޯތި ދޫކޮށް ރަޖިސްޓްރީތައް ވެސް އޭރު ވަނީ ދޫކޮށްފައެވެ.
ނަމަވެސް ގޯތި ދޫކުރަން އޮތް ސަރަހައްދަކީ ފުން ސަރަހައްދެއްކަމުން އެތަން ހިއްކަންވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
އޭގެ ފަހުން މި ސަރުކާރުން ވަނީ ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކަން ނިންމައި 3،520 ގޯތި ދޫކުރަން ނިންމާފައެވެ.
ދެވަނަ ފަހަރަށް ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލު ޕްލޭނިން މިނިސްޓްރީން މިއަދު އާންމުކޮށްފައިވާއިރު، އެ ޕްލޭނުގައި ގޯތިތައް ދޫކުރާ ސަރަހައްދު ވަކިން ފާހަގަ ކޮށްފައިވެއެވެ.
އެ ޕްލޭންގައި ހައުސިން ޔުނިޓާއި ރެސިޑެންޝަން ޕްލޮޓްސް ވެސް ހިމެނެއެވެ. އަދި ސަރުކާރު އޮފީސްތަކާއި އެކި ބޭނުންތަކަށް ހާއްސަކޮށްފައިވާ ޒޯނަކާއި ކޮމާޝަލް ޒޯނެއް ވެސް ހިމަނާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު