ހައުސިންގ މިނިސްޓަރު ޑރ، ޢަބްދުالله މުއްތަލިބު
ހައުސިންގ މިނިސްޓަރު ޑރ، ޢަބްދުالله މުއްތަލިބު
ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގުޅިފަޅުން ހިއްކާ ސަރަހައްދުން ދޫކުރާ ގޯތިތައް ލިބޭ މީހުންނަށް މިމަހުގެ ތެރޭގައި ރަޖިސްޓްރީ ހަވާލު ކުރެވޭނެކަމަށް ހައުސިންގ މިނިސްޓަރު ޑރ، ޢަބްދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިއަދު ހައުސިންގ މިނިސްޓްރީންވަނީ ގުޅިފަޅުގައި ހިއްކާފައިވާ ސަރަހައްދަށް ހުރިހާ ގޯއްޗެއް ބަދަލުކޮށް ފަހުން އެކުލަވާލި ލޭންޑްޔޫސް ޕްލޭން އާންމުކޮށްފައެވެ.

އެއާއިއެކު ނުހިކި އޮތް ބިމުން ގޯތި ލިބުނު މީހުންނަށްވެސް ވަނީ އަވަހަށް ގޯތި ލިބޭނެކަމުގެ އުންމީދު އާވެގެން ގޮސްފައެވެ.

ހައުސިންގ މިނިސްޓަރު މުއްތަލިބު މިއަދު ވިދާޅުވީ، ގޯތިތަކުގެ ރެޖިސްޓްރީ ހެދުމަށް ދަތިވެފައި ވަނީ ކުރިން ރަޖިސްޓްރީ ދީފައިވާ މީހުންނަށް ނުހިއްކާ ސަރަހައްދުން ގޯތި ލިބޭގޮތަށް ގުރުއަތު ނަގާފައިވާތީ ކަމަށެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ގޯތިތަކުގެ ރަޖިސްޓްރީ ވީހާވެސް އަވަހަކަށް ހޯދައިދިނުންކަމަށްވާތީ މި މަހުގެ ތެރޭގައި ރަޖިސްޓްރީތައް ހަވާލު ކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މާތްالله ގެ އިރާދަފުޅާއެކު މި މަސް ތެރޭގައި ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދައި ދޭން ފެށޭނެއެވެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިފަހަރު ގެނައި އެ ބަދަލާއެކު ކޮމާޝަލް، އިންސްޓިޓިއުޝަނަލް އަދި އެފަދަ އެހެން ބޭނުންތަކަށް ބޭނުންވާ ބިން ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި ގޯތިތައް ދޭ ސަރަހައްދު ބަދަލުވެފައިވާކަން މިހާރުވާނީ ގޯތި ލިބުނު މީހުން ތަމްސީލުކުރާ ޖަމިއްޔާއާ ވެސް ހިއްސާކުރެވިފައިކަމަށް ވިދާޅުވިއެވެ.



ކުރީ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތިތައް ދޫކުރިއިރު ގުޅިފަޅުގައި ނުހިއްކާ އޮތް ސަރަހައްދުން ވެސް އޮތީ ގޯތި ދޫކޮށްފައެވެ.

ނަމަވެސް ގޯތި ދޫކުރަން އޮތް ސަރަހައްދަކީ ފުން ސަރަހައްދެއްކަމުން އެތަން ހިއްކަންވަނީ ދަތިތަކާ ކުރިމަތިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން