ކަޝްމީރުގައު ހަމަނުޖެހުންތައް ހިންގައި ހަމަލާތައް ދެމުންދަނީ އިންޑިއާއިން ކަމަށް ބުނެ ޕާކިސްތާނުން ތުހުމަތުތަކެއް ކޮށްފިއެވެ.
މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ޕާކިސްތާނު އަސްކަރިއްޔާގެ ޑިރެކްތަރ ޖެނެރަލް އިންޓަރ ސާވިސަސް ޕަބްލިކް ރިލޭޝަން، ލެފްޓިނަންޓް ޖެނެރަލް އަހުމަދު ޝާރިފް ޗައުދަރީ ވިދާޅުވީ ކަޝްމީރުގެ ކަންކަން ގޯސްވަނީ އިންޑިއާގެ ސަބަބުން ކަމަށެވެ.
އަދި ޕާކިސްތާނަކީ އަނިޔާވެރި އަދި ހަމަނުޖެހުން ހިންގަން ފުރުސަތުދޭ ޤައުމެއް ނޫން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ޕާކިސްތާނުން އަބަދުވެސް އިސ2ކަންދޭނީ ސުލްހަ މަސަލަސްކަން ގާއިމް ކުރުމަށް ކަމަށެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ އެ ސަރަހައްދުގެ ހަމަނުޖެހުން ގެއްލުމުގެ އަސްލަކީ އިންޑިއާ ކަމަށެވެ. އަދި ޕާކިސްތާނުގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތްތަކަށް ފަންޑު ކުރަނީ އިންޑިއާއިން ކަމަށް ބުނެވެސް ތުހުމަތު ތަކެއް ކޮށްފައި ވެއެވެ.
އަދި ޕަހަލްގަމް ހަމަލާގެ ޒިންމާ ޕާކިސްތާނުގެ ބޮލުގައި އެޅުވިއިރު، އެކަންކޮށްފައިވަނީ ތަހުގީގީ އެއްވެސް ރިޕޯޓަކަށް ރިޔާއަތްކުރުމެއްނެތި ކަމަށްވެސް އެގައުމުގެ އަސްކަރިއްޔާއިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު