ކުޅިވަރު ޤާނޫނުގެ ސަބަބުން ރާއްޖޭގެ ކުޅިވަރަށް މުހިއްމު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ތަސްދީގުކުރެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތުގައެވެ.
އެރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ކުޅިވަރު ގާނޫނަށް ގެނައި އިސްލާހާއެކު ކުޅިވަރުގެ ސްޓްރަކްޗާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން ރައީސް ވަނީ އާ ގާނޫނާއެކު ރާއްޖޭގެ ކުޅިވަރަށް މުހިއްމު ކުރިއެރުންތަކެއް ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ ގާނޫނަށް ގެނެވުނު އިސްލާހަކީ ކުޅިވަރުގެ ދާއިރާގެ ގިނަ ބަޔަކު އެދެމުން އައި އިސްލާހެއް ކަމަށާއި، އެ އިސްލާހުގެ ސަބަބުން ކުޅިވަރު ލާމަރުކަޒީ ކުރެވިގެންދާނެ ކަމަށެވެ.
އެހެންކަމުން ގައުމީ ޓީމުތަކަށް ހުނަރު ހޯދުމަށް އަތޮޅު ތެރޭގެ ރަށްރަށުގެ ބޭނުން ކުރެވޭނެ ނިޒާމެއް ގާނޫނުގެ ތެރެއިން ވުޖޫދު ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މިސަރުކާރުން ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް ގެނައި އިޞްލާޙާއެކު ކުޅިވަރު ކުރިއެރުވުން ލާމަރުކަޒީކޮށް އަތޮޅުތަކާއި ރަށްތަކުގެ ފެންވަރުގައި ކުޅިވަރު ކުރިއަރުވަން އިޚްތިޔާރުތަކަކާއި ފުރުޞަތުތަކެއް ލިބިގެން ދާނެއެވެ. ހަމައެއާއެކު ކޮންމެ ކުޅިވަރެއްގެވެސް ސަރަޙައްދީ އެސޯސިއޭޝަންތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މި ޤާނޫނުގެ ދަށުން އުފެއްދުމަށް ވަނީ ކަނޑައަޅާފައެވެ.
ހަމައެއާއެކު ކުޅިވަރުގެ ވަކި ފަންޑެއް ޤާއިމުކޮށް، އެ ފަންޑުން ކުޅިވަރު ކުރިއަރުވަން ހޭދަކުރަން ފެށުމާއި، ދިވެހިރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީއަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެއް ގިންތިއެއްގައި ހިންގާނެ ޤާނޫނީ ބާރުވެރިކަން ފުރިހަމައަށް ލިބިފައިވާ ކުޅިވަރުގެ އިދާރާއެއްގޮތުގައި ވަނީ ހަމަޖައްސާފައެވެ.
އޭގެއިތުރުން ސްޕޯޓްސް އާބިޓްރޭޝަން ނިޒާމު ރާއްޖޭގައި ޤާއިމުކޮށް ޢަމަލުކުރަން ފެށުމަށް ނިންމާފައިވާއިރު، ސްކޫލް ސްޕޯޓްސް ރޭވިގެން ކުރިއަށް ގެންދިއުމަށްވެސް ޤާނޫނުގައި ހިމަނާފައިވެއެވެ.
މީގެ އިތުރުންވެސް ކުޅިވަރުގެ ދާއިރާގެ ކަންކަން މިހާރަށްވުރެ ހަރުދަނާ ކުރުމަށް ގިނަ ކަންތައްތަކެއް ކުރުމުގެ ފުރުޞަތު، މި ޤާނޫނަށް ގެނައި އިސްލާހުގެ ތެރެއިން ފަހިވެގެންދާނެއެވެ.
5 މެއި 2025 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މިބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާގުޅިގެން ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިޢުކުރައްވައިފައެވެ. އަދި މި އިސްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު