އަލީ އަޝްފާގު (ދަގަނޑޭ)
އަލީ އަޝްފާގު (ދަގަނޑޭ)
ރާއްޖޭގެ ފުޓުބޯޅައިގެ ރަސްގެފާނު ނިއުރޭޑިއަންޓުގެ މެނޭޖުމަންޓުން، އެޓީމުގެ ނުލާއި ހުދުގެ ސަޕޯޓަރުންގެ ލަޝްކަރަށް ޚާއްސަ ހަދިޔާއެއް ދިނުމަށް ތައްޔާރުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އެފްއޭއެމް ލީގު ކަޕްގައި ފުރަތަމަ ޑިވިޝަންގެ ބޮޑެތި ބާރުތައް ބަލިކޮށް، ދަނޑުމަތީގައި އުދުހެމުންދާ ނިއުއިން މިހާރުވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، ޢުމުރުން 39 އަހަރުގެ އަލީ އަޝްފާގް (ދަގަނޑޭ)، ކުރިއަށް އޮތް ދެވަނަ ޑިވިޝަނުގައި ނިއުރޭޑިއަންޓަށް ކުޅޭނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ.

އެގޮތުން ނިއުގެ ފޭސްބުކް ޕޭޖުގައި "އަންނަނީ! އަންނަނީ!" ޖެހުމަށްފަހު، އަންނަ ބުރާސްފަތި ދުވަހު ބޮޑު ކަމެއް ހިނގާނެކަން ނިއުގެ މެނޭޖުމަންޓުން މިހާރު ވަނީ ހާމަކޮށްފައެވެ. އަދި އެ ޕޯސްޓުގައި ކާކުކަން ނޭނގޭ ގޮތަށް ހިމަނާފައިވަނީ މިސަރަޙައްދުގެ ފުޓުބޯޅައިގެ އަޔަން މޭން، ދަގަނޑޭގެ ފޮޓޯއެކެވެ.

މިކަމާ ގުޅޭ ގޮތުން ނިއުގެ ޗެއާމަން އަހްމަދު މުބީން މީސްމީޑިއާގައި ވިދާޅުވެފައިވަނީ، ނިއުރޭޑިއަންޓް ފުރަތަމަ ޑިވިޝަނަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް މެނޭޖްމަންޓުން ކުރަމުން އަންނަ ކަމަށާއި ނިއުގެ ސްކޮޑަށް ބަލާލުމުން އެކަން ކަށަވަރުވާނެ ކަމަށެވެ. އަދި އަންނަ ބުރާސްފަތި ދުވަހުގެރޭ ވެގެންދާނީ ދިވެހި ފުޓުބޯޅައިގައި ބޮޑު ރެޔަކަށް ކަމަށް މުބީން ވިދާޅުވެފައިވެއެވެ.

“ނިއުގެ އައު މެނޭޖުމަންޓަކުން ނިއު ދެވަނަ ޑިވިޒަންގައި ކުޅުމުގެ ވިސްނުމެއް ނުގެންގުޅެން. އެކަން ސާފުވާނެ ނިއުގެ ސްކޮޑް އަދި މިހާރު ނިއުއިން ނެރެމުންދާ ނަތީޖާ.” މުބީން ވިދާޅުވިއެވެ.

ހަމައެއާއެކު “ރަސްއޮންލައިން” އަށް މަޢުލޫމާތު ދެއްވަމުން ނިއުރޭޑިއަންޓުގެ ސީނިއަރ އިސް ބޭފުޅަކު ވިދާޅުވެފައިވަނީ ކުރިއަށްއޮތް ދެވަނަ ޑިވިޝަންގައި ކުޅޭ ނިއުގެ ޓީމުން ދަގަނޑޭގެ ޖާދޫ ފެނުމުގެ ފުރުސަތު ގާތްގަނޑަކަށް ކަށަވަރު ކަމަށެވެ. އަދި އެއީ މެނޭޖްމަންޓުން ނިއުގެ ސަޕޯޓަރުންނަށްދޭ ޚާއްސަ ހަދިޔާއެއް ކަމަށްވެސް އެބޭފުޅާ ވިދާޅުވެފައިވެއެވެ.



ނިއުރޭޑިއަންޓުގެ ނުލާއި ހުދުގެ ޖަރޒީގައި އުދުއްސައި ގަތުމަށް ދަގަނޑޭ ތައްޔާރުވެފައިވާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ދަގަނޑޭ ވަނީ ކަކުލުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފައެވެ. އެގޮތުން ކަކުލުގެ އެންޓީރިއާ ކްރުޝުއޭޓް ލިގަމެންޓާއި، މެނިސްކަސް އަށް ލިބިފައިވާ ގެއްލުންތަކެއް ހިމެނޭހެން 3 ސަރޖަރީއެއް ދަގަނޑޭ ހަދާފައިވެއެވެ.

ކަކުލުގެ އޮޕަރޭޝަނަށްފަހު ރިކަވަރވެ، އިތުބާރު ހޯދައި، ކުރީގެ ފޯމަށް އެނބުރި އައުމަށްޓަކައި ދަގަނޑޭ މިހާރުދަނީ ލޯކަލް ބައެއް މުބާރާތްތަކުގައި ކުޅެމުންނެވެ.

ދަގަނޑޭ އަލުން ނުލާއި ހުދުގެ ޖަރޒީ ލުމަށް ތައްޔާރުވަމުން ދާއިރު ދަގަނޑޭ ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ނިއުއަށް ކުޅެ، އެ ކްލަބާއެކު ރެކޯޑް ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އޭނާ އެންމެ ފަހުން ނިއުގެ ޖާޒީގައި ފެނިފައިވަނީ 2017-2018 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން