ރާއްޖޭގެ ޝަރުއީ ދާއިރާގެ ކަންކަން ހިނގާގޮތާމެދު އދ. އިން ކަންބޮޑުވާކަން ހާމަކޮށްފިއެވެ.

މިކަން ފާހަގަކޮށް އދ.ގެ ހިއުމަން ރައިޓްސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދިވެހި ގާނޫނުއަސާސީ އާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ވާޖިބުތަކާ އެއްގޮތަށް، މިނިވަން ޝަރުއީ ނިޒާމެއް ދެމެހެއްޓުމަށް ރާއްޖޭން ވައުދުވެފައިވާކަން ހަނދާންކޮށްދޭ ކަމަށެވެ.

އަދި މިނިވަން ޝަރުއީ ނިޒާމެއް ހިމެނޭ ގޮތަށް، ދައުލަތުގެ އެކި ގޮފިތައް އެއް ހަމައެއްގައި އޮތުން ނުވަތަ ބެލެންސް ކުރުމަކީ މުހިއްމު ކަމެއްކަމަށާއި އެއީ ގާނޫނީ ވެރިކަން ދަމަހައްޓައި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމެއްކަމަށް ވެސް ވަނީ ބުނެފައެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް އަދި އޭގެ ފަހުން ދެ ފަނޑިޔާރަކު މަގާމުން ވަކިކުރުމާއި ގުޅިގެން އދ. ގެ ކަންބޮޑުވުން ހާމަކޮށްފައިވާއިރު މީގެ ކުރިން ވެސް އދ. އިން ވަނީ މި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އދ. އިން ބުނީ، އެކަމުން އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ މިނިވަންކަމަށް ހުރަސްއެޅޭކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރީ މި މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން