ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް އަރައި ހިންގަމުންދާ ލާއިންސާނީ ހަމަލާތަކުގައި ރޭ އެކަނިވެސް ފަލަސްތީނުގެ 43 މީހަކު މަރާލައިފިއެވެ.

އޮފިޝަލުންނާ ހަވާލަދީ ބޭރުގެ މީޑިޔާ ރިޕޯޓުތައް ބުނާގޮތުން އިސްރާއީލުން ފަލަސްތީނުގެ އާންމުން މަރާފައި ވަނީ ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔޫނިސް ދޫކޮށް ދިއުމަށް ފަލަސްތީނުގެ ރައްޔިތުންނަށް އަސްކަރިއްޔާއިން އަމުރު ކުރުމަށް ފަހުގައެވެ.

އިސްރާއީލުގެ ހަމަލާތައް ނުހުއްޓި ފަލަސްތީނުގެ އެތަކެއް ރައްޔިތުންނެއްގެ ފުރާނަ ގެއްލެމުންދާއިރު ދުނިޔޭގެ ބައެއް ބޮޑެތި ގައުމުތަކުން މިހާރު ވަނީ މިކަމާ ދެކޮޅަށް އަޑުއުފުލަންވެސް ފަށާފައެވެ. އެގޮތުން ކެނެޑާ، ފްރާންސް އަދި އިނގިރޭސިވިލާތުގެ ލީޑަރުން ވަނީ އިސްރާއީލުން ޣައްޒާގައި ކުރާ ހަނގުރާމަ ނުހުއްޓައިފި ނަމަ އެގައުމާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

ގައުމުތަކުން އިސްރާއީލަށް މިފަދަ އިންޒާރުތައް ދިން ނަމަވެސް އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދިވެސް ދަނީ މުޅި ޣައްޒާގެ ކޮންޓްރޯލް އިސްރާއީލުން ނަގަން ރާވާފައިވާ ރޭވުންތައް ހިއްސާކޮށް އެކަން ކުރާނެ ކަމަށް ވައުދު ވަމުންނެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ 53،475 މީހުން މަރުވެ، 121،398 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި ގާތްގަނޑަކަށް 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން އަޅުވެތިކޮށްފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން