މިސަރުކާރުން ދަނީ ގައުމު ސުންނާފަތި ކުރަމުން ކަމަށް ވިދާޅުވެ ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ބަހުގެ ހޫނު ޙަމަލާއެއް ދެއްވައިފިއެވެ.
ޑރ. އިޔާޒް މިމޭރުމުން ވިދާޅުވެފައިވަނީ، ރައީސް މުއިއްޒު ދިވެހި ގައުމު ވަރަށްބޮޑު ތޫފާނަކާއި ދިމާލަށް ގެންދަވާ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله ވިދާޅުމުން އެކަމަށް ތާޢީދު ކުރެއްވުމުގެ ގޮތުންނެވެ.
އެގޮތުން އިމްރާން ވިދާޅުވެފައިވަނީ، ރައީސް މުޢިއްޒު ހުންނެވީ މުޅި ގައުމު ފުނޑު ފުނޑު ވިޔަސް ވެރިކަމުގެ ދިފާޢުގައި ކޮންމެ ކަމެއް ކުރައްވަން ތައްޔާރަށް ކަމަށެވެ. އެހެންކަމުން ރައްޔިތުން ހޭވެރިވެ ޤައުމު ދިފާޢު ކުރަން ޖެހިއްޖެ ކަމަށާއި، މިކަމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ރައީސް މުއިއްޒު ވެރިކަމަށް ގެންނެވި ބޭފުޅުންގެ ބޮލުގައި ކަމަށްވެސް އިމްރާން ވިދާޅުވެފައިވެއެވެ.
އިމްރާންގެ މިވާހަކަފުޅަށް ތާޢީދު ކުރަށްވަމުން ޑރ. އިޔާޒް ވިދާޅުވެފައިވަނީ، އިރެއްގައި ރައީސް މުޢިއްޒުގެ ސިޙުރުވެރި ވާހަކަ ތަކަށް ހެއްލެވުނު ނަމަވެސް، މިހާ ފާޅުކަންބޮޑު ގޮތަކަށް ޤައުމު ސުންނާފަތި ކުރައްވަމުން ގެންދަވާއިރު، ހަނު ތިބުމަކީ ވަރަށް ބޮޑު ޚިޔާނާތެއް ކަމަށެވެ.
“އެ މަނިކުފާނު ޒިންމާދާރު ކުރުވުމުގެ އެންމެ އިސްދައުރެއް އަދާކުރައްވަންޖެހޭ ބަޔަކީ އަމިއްލަ ކަރަށް މަޅިފަތި ފައްތަވައިގެން ތިއްބެވި ޕީއެންސީގެ މަޖްލިސް މެމްބަރުން. ތިމާމެންނާއެކު މުޅި އޮޑި ޣަރަޤުކޮށް ނުލައްވަނީސް އެމަނިކުފާނު ހުއްޓުވަންޖެހޭ.” ރައީސް މުޢިއްޒަށް ބަހުގެ ޙަމަލާތައް ފޮނުއްވަމުން އިޔާޒް ވިދާޅުވިއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާއިރު ފަނޑިޔާރުގެ އިސްލާޙު ކުރުމަށް ޖޭއެސްސީން މިހާރު ކުރަމުންދާ މަސައްކަތަކީ، ސަރުކާރު އަޑީގައި އޮވެގެން ޖުޑިޝަރީއަށް ނުފޫޒު ފޯރުވުމަށް ހިންގާ ޢަމަލުތަކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު