މ. މުއްޔާއި ނާލާފުށި ގުޅާލުމަށް ހަދާ ކޯޒްވޭގެ ޢަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފައްޓަވައި ދެއްވައިފިއެވެ.
މުލީ އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދެ ރަށް ގުޅުވާލުމަކީ އިޤްތިޞާދީ ގޮތުން ދެ ރަށުގެ ރައްޔިތުންނަށް ވެސް ފައިދާ ކުރާނެ ކަމަށެވެ.
“ނާލަފުށީގެ ރައްޔިތުންނަށް ނުލިބޭ ޚިދުމަތްތަކެއް ލިބޭނެ. ދެ ރަށުގެ ރައްޔިތުންނަށް ވެސް ފައިދާ އެބަވޭ.” ރައީސް ވިދާޅުވިއެވެ.
655 މީޓަރުގެ ދިގު މި ކޯޒްވޭގެ މަޝްރޫޢުގައި 112 މީޓަރުގެ ރިވެޓްމެންޓް އަދި 15 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެއެވެ. މީގެ އިތުރުން މަގު ހެދުމާއި، ތާރު އެޅުމާއި، މަގު ބައްތި ޖެހުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
600 ދުވަހުގެ ތެރޭގައި ނިންމުމަށް، 125.58 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ.

ކިޔުންތެރިންގެ ހިޔާލު