ނ. އަތޮޅު ރިސޯޓެއްގެ ނެރު ކައިރީ ފީނަން އުޅެނިކޮށް ހިނގި ހާދިސާގައި އަތްބުރިވި މީހާގެ ބުރިވިބައި އަދިވެސް ނުފެންނަކަމަށް ފުލުހުން ބުނެފި އެވެ.

މި މަހުގެ 13 ވަނަ ދުވަހު ހިނގި އެ ހާދިސާގައި ބަނގުލަދޭޝް މީހެއްގެ އަތް ބުރިވީ ނެރު ކައިރިން ދިޔަ ލޯންޗެއް އޭނާގެ ގައިމަތިން ދިއުމުން ނެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ދެ ފަހަރެއްގެ މަތިން އެ ސަރަހައްދުގައި ޑައިވްކޮށް އަތްބުރި ފެނޭތޯ ވެސް ބަލައިފަ އެވެ.

އެހެން ނަމަވެސް ބުރިވި އަތް ނުފެންނަކަމަށް ފުލުހުން ބުންޏެވެ.

ބަނގުލަދޭޝް މީހާއަށް އޭޑީކޭގައި ފަރުވާ ދެމުންދާ އިރު އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން