އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދިމާވަމުންދާ ސަލާމަތީ މައްސަލަތަކަށް ހައްލު ހޯދުމަށް، ސަރަހައްދުގެ ގައުމުތަކުން އެކުގައި މަސައްކަތްކޮށް، އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، ސްރީލަންކާއިން މިއަދު ހޯސްޓުކުރި އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރުއޭ)ގެ މިނިސްޓީރިއަލް ކައުންސިލްގެ މަޝްވަރާ ބައްދަލުވުމުގެ ތެރެއިންނެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު ޚަލީލްވަނީ މި ސަރަހައްދުގައި ކުރިމަތިވަމުންދާ ކަނޑުގެ ސަލާމަތީ ގޮންޖެހުންތަކާއި، މޫސުމަށް އަންނަމުންދާ ބަދަލުތަކާއި، ގަވާއިދާ ޚިލާފު މަސްވެރިކަމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް ގައުމުތަކުން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަކީ މިހާރުން މިހާރަށް ވެސް އިސްކަމެއްދީގެން މަސައްކަތް ކުރަންޖެހިފައިވާ ކަމެއްކަން ފާހަގަ ކުރައްވާ ކަނޑުގެ ސަލާމަތީ ކަންކަމަށް ފިޔަވަޅު އެޅުން އަވަސް ކުރުމަށް ވަނީ ގޮވާލައްވާފައެވެ.
އަދި އައިއޯއާރުއޭގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ދިވެހިރާއްޖެއިން ފުރިހަމަ އެއްބާރުލުން ލިބިގެން ދާނެކަމުގެ ޔަގީންކަން ވެސް ޚަލީލް ވަނީ ދެއްވާފައެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވާގޮތުގައި މި ބައްދަލުވުމުގެ ބޭނުމަކީ މުސްތަގުބަލުގެ ޖީލުތަކަށް އިންޑިއާ ކަނޑު ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށް ބެލެހެއްޓުމާ ގުޅޭގޮތުން މެންބަރު ގައުމުތަކުގެ މެދުގައި މަޝްވަރާކުރުމެވެ.
މިއަދުގެ މި ބައްދަލުވުމުގައި އައިއޯއާރުއޭގެ 23 މެންބަރު ގައުމުގެ ވަޒީރުންނާއި އިސް އޮފިޝަލުންގެ އިތުރުން 12 ޑައިލޮގު ޕާޓްނަރުން ބައިވެރިވެފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
1997 ވަނަ އަހަރު އުފެދުނު އެ ޖަމިއްޔާއާ ދިވެހިރާއްޖެ ގުޅިފައިވަނީ 8 ނޮވެންބަރު 2019 ގައި، 22 ވަނަ މެންބަރު ގައުމުގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު