ބްރިޖް މަތީގައި މީގެ ކުރިން ހިނގި އެކްސިޑެންޓަކާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ
ބްރިޖް މަތީގައި މީގެ ކުރިން ހިނގި އެކްސިޑެންޓަކާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ
ސިނަމާލެ ބްރިޖް މަތީގައި ރޭ ދެ އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ރޭ 9:48 ހާއިރު ބްރިޖްމަތީގައި މަޑުކޮށްގެން އޮތް ކާރެއްގެ ފަހަތުގައި ދެ ސައިކަލު ޖެހިގެން އުޅޭ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނިގޮތުގައި ހަތަރު ސިގްނަލް ދީގެން އޮތް އެ ކާރު ފަހަތުގައި ސައިކަލެއް މަޑުކުރުމުން، ފަހަތުން އައި އެހެން ސައިކަލެއް ކޮންޓްރޯލް ނުވެ އެ ސައިކަލުގައި ވަނީ ޖެހިފަ އެވެ. އެވަގުތު އެ ދެ ސައިކަލު ވެސް ގޮސް އެ ކާރުގައި ޖެހުނީ ކަމަށާއި މި އެކްސިޑެންޓްގައި ދެމީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ ދެވަނަ އެކްސިޑެންޓް ހިނގާފައި ވަނީ ފުރަތަމަ އެކްސިޑެންޓްވުމުން ޓްރެފިކް ފްލޯ ހުއްޓިފައި އޮތް ވަގުތު ކަމަށެވެ. އެގޮތުން، އެވަގުތު ކާރެއްގެ ފަހަތުގައި ސައިކަލެއް ޖެހިގެން އެކްސިޑެންޓްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި ދެވަނަ އެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާގެ ފަލަމަސްގަނޑު ބިންދައިގެން ގޮސް އިތުރު އަނިޔާތަކެއް ވަނީ ލިބިފައެެވެ. އެގޮތުން މި ދެ އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންނަށް ވެސް މިހާރު ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ގެންދަނީ މި ދެއެކްސިޑެންޓް މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން