ދައުލަތުގެ ދެ އިދާރާއަކުން ހޯދި ހިދުމަތްތަކަކަށް ފައިސާ ނަގައިދިނުމަށް އެދި ސެންޓަ އެންޓަޕްރައިސް ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ފޭކު ލިޔުންތަކެއް ހުށައަޅާފައިވާތީ ސެންޓަ އެންޓަޕްރައިސްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދޭން ޕްރޮސިއުޓާ ޖެނެރަލް އޮފީހުން ފުލުހުންގެ ހިދުމަތުގައި އެދިއްޖެ އެވެ.
ސެންޓަ އެންޓަޕްރައިސް ކުންފުނިން ސިވިލް ކޯޓުގައި ދައުވާކުރީ 2006 ވަނަ އަހަރާއި 2008 ވަނައަހަރާ ދެމެދު އެންވަޔަރަންމަންޓް މިނިސްޓްރީއަށް ސަޕްލައިކޮށްދީފައިވާ ކަމަށް ބުނާ ކަޅުހަންތަކަކާ ގުޅޭ އެއް މައްސަލައާއި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއަށް ސަޕްލައިކުރި ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްތަކަކާ ގުޅޭ ދެ މައްސަލައެއްގަ އެވެ.
ނަމަވެސް އޮޑިޓް އޮފީހުން ކުރި އޮޑިޓްތަކުން ވެސް އެ މައްސަލަތަކުގައި ސެންޓަ އެންޓަރޕްރައިސަސް ކުންފުނިން ސިވިލް ކޯޓަށް ސައްހަ ނޫން އިންވޮއިސްއެއް ހުށަހަޅާފައިވާ ކަން ފާހަގަވެފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އަދި ރާއްޖެ އެތެރެކޮށްފައިނުވާ ބައެއް މެޑިކަލް އިކުއިޕްމަންޓްތައް ސަޕްލައިކޮށްދީފައިވާ ކަމަށް ބުނެ ސެންޓަ އެންޓްޕްރައިސްއިން ހުށަހެޅި ޑެލިވަރީ ނޯޓުތަކާއި އިންވޮއިސްތައް ވެސް އޮޑިޓުން ފާހަގަކުރެވިފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެހެންވެ އެ މައްސަލަތަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ކަމާގުޅުންހުރި އިދާރާތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް އޮޑިޓް އޮފީހުން ދިން ލަފަޔާ އެއްގޮތަށް ސެންޓަ އެންޓަޕްރައިސްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދޭން ފުލުހުންނަށް ހުށަހެޅީކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު